ރައީސް މުޙައްމަދު ނަޝީދުގެ ކެންޑިޑަސީ ސައްޙަކަމަށާއި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ނިންމަވައިފި

ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައިވަނީ 18 ޖުލައި 2013 ވަނަ ދުވަހުއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވަނީ ކެންޑިޑަސީ ފޯމު ހުށަހެޅޭތާ 5 ދުވަސް ތެރޭގައި ކެންޑިޑަސީއާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހެޅިފައިނުވާނަމަ ކެންޑޭޓުގެ ޝަރުތު ހަމަވާކަމަށް ކަމަށް އިއުލާން ކުރައްވާނެކަމަށެވެ. ރައީސް މުޙައްމަދު ނަޝީދުގެ ކެންޑިޑަސީއާއި ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާތީ އެމަނިކްފާނުގެ ކެންޑިޑަސީ ސައްޙަކަމަށް ކަނަޑައަޅައި އިލެކްޝަންސް ކޮމިޝަނުންވަނީ 25 ޖުލައި ވީ ބުދަ ދުވަހު އިއުލާންކުރައްވާފައެވެ.

އަދި ންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ނިންމަވައި 2013 ޖުލައި 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00 ގައި އިލެކްޝަންސް ކޮމިޝަންގައި އޮންނާނެކަމަށްވެސް އެކޮމިޝަނުން ވަނީ އަންގަވާފައެވެ.

What do you think?

Name (required) :

Email (required) :

Website :