ަބައެއް ނުވަތަ މީހެއްގެ މޮޅުކަމަކީ އެފަރާތެއް ގޮސް ހުރި ހިސާބަށްވުރެން، ވެއްޓުމުން އެފަރާތެއް ތެދުވާ އަވަސް މިންވަރުކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ައެއް ނުވަތަ މީހެއްގެ މޮޅުކަމަކީ އެފަރާތެއް ގޮސް ހުރި ހިސާބަށްވުރެން، ވެއްޓުމުން އެފަރާތެއް ތެދުވާ އަވަސް މިންވަރުކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“ދެފިޔަވަޅު ފަހަތަށް” ޝިޢާރުގެ ދަށުން ރާއްޖެޓީވީއިން ރާވާ އިންތިޒާމުކުރި ކުރެހުންތެރިންގެ ހުނަރު ދައްކާލުމުގެ މަޢުރަޒު ހުޅުއްވައިދެއްވަމުން ނެޝަނަލް އާޓް ގެލެރީގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މިވޭތިވެދިޔަ ދެއަހަރެއްހާ ދުވަހަކީ އެތައްބަޔެއްގެ ހިތުގައި ނުހަނު ފުން ހިތާމަޔާއި ކަންބޮޑުވުން އުފެއްދި ދެއަހަރުނަމަވެސް، އިތުރު ހިތްވަރު ލިބިގެންދަނީ ކުރެހުންތެރިންގެ ކުރެހުންތަކުންނާއި، ފަންނާނުންގެ މިއުޒިކާއި، ލަވައިންނާއި، ޝާޢިރުންގެ ޅެންބަސްތަކުންކަމަށެވެ.

އެގޮތުން ވޭތިވެދިޔަ ދެއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްވަރެއްދީފައިވަނީ އުފެއްދުންތެރި ދިވެހި ފަންނާނުންގެ ކުރެހުންތަކާއި، ލަވަތަކާއި، މުއިޒިކާއި، ޅެންތަކާއި، ނެށުންތަކުންނާއި، ހިނިތުންވުމުންކަމަށާއި، ފަންނާނުންނަށް އެހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތުގެ މެދުވެރިއަކަށްވެފައިވާ 2008 ވަނައަހަރުގެ ޤާނޫނު އަސާސީއިން ދިވެހި ރައްޔިތުން ހޯދައިގަތް އެއްވެއުޅުމާއި، ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން 7 ފެބްރުއަރީގެ ބަޣާވާތުގެ ސަބަބުން ދިވެހިރާއްޖެ މިވޭތިވެދިޔަ އަހަރު ފަހަތަށް ސޮއްސާލައިފައިވާ މިންވަރު ކުރެހުމުގެ ވާސިތާއިން ދައްކައިދިނުމުގެ މަޤްސަދުގައި ރާއްޖެޓީވީއިން އިންތިޒާމުކުރި ކުރެހުމުގެ މަޢުރަޒު ހުޅުއްވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުން ފަހަތަށް އެޅި ދެފިޔަވަޅާއެކު މާބާރަށް ހަތަރު ފިޔަވަޅު ކުރިއަށްއަޅާނެކަމަށާއި، ފަހަތަށް އެޅި ފިޔަވަޅު ދިވެހި ރައްޔިތުން އެޅީ އެފިޔަވަޅުގެ ހުތޫރަތްތެރިކަން ދަނެތިބެ، ބުއްދިވެރިކަމާއި، ޙިކުމަތްތެރިކަމާއެކުގައިކަމަށެވެ.

“އަޅުގަނޑުމެންގެ ރާއްޖެ އަބަދުވެސް ސަލާމަތްވަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްވަރާއި، ޙިކްމަތާއި، ބުއްދިން” ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީޕީއަށް ތާޢީދުބޮޑުވަމުން އައިސް، ހުއްޓި ނުތިބެވޭނެކަމަށާއި، ފަހަތަށްޖެހި، ވަރިހަމަވެސް ކޮށްލައިގެން ނުތިބޭނެކަމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު މީހުން ބުނަމުން އަންނަކަމަށްޓަކައި، މިއިންތިޚާބު މިހާރު އެމްޑީޕީއާވީ ފަރާތަށް ބުރަވެ ނިމިއްޖެކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިވޭތިވެދިޔަ އަހަރުތަކުގައި ފަންނާނުން ނުކުމެ އެދައްކާލި ހުނަރުވެރިކަމަށް ޝުކުރުވެރިވެވަޑައިންނަވާ ހިނދު، އެކަންކަމަށް ތާޢީދުދީ އުފެއްދުންތެރި ޚިޔާލަށް ތަންދިނުމަކީ އެމްޑީޕީގެ ތަރައްޤީގެ ފިކުރާއި، ވިސްނުމާ ގުޅިފައިވާކަމެއްކަމަށް ފާހަގަކުރައްވާކަމަށެވެ.

What do you think?

Name (required) :

Email (required) :

Website :