“އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް” ފޮޓޯ އެގްޒިބިޝަން ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު “އަޅުގަނޑުގެ އެންމެހާ ހެޔޮ އެދުންތައް” މިނަމުގައި ބޭއްވޭ ފޮޓޯ އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާނެއެވެ. މިރޭ 9 ޖަހާއިރު މިޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވާނީ މާލޭ ސިޓީ ހޯލްގައެވެ.

މިއީ ރައީސް ނަޝީދު މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާ މަންޒަރު ފެނިގެންދާނެ މައުރަޒެކެވެ. ރައީސް ނަޝީދުގެ ކެމްޕޭނުގައި ވޮލަންޓިއަރ ފޮޓޯގްރަފަރުން ކުރައްވާފައިވާ މަސަަައްކަތާއި އެފޮޓޯގްރަފަރުންގެ ފަންނުވެރިކަން މިމައުރަޒުން ފެނިގެންދާނެއެވެ. އެކި ރަށްރަށް ރައީސް ނަޝީދު ކުރެއްވާފައިވާ ދަތުރުފުޅުތަކުގައި 100,000އަށް ވުރެ ގިނަ ރައްޔިތުންނާއެކު ފޮޓޯނެގި ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ނިޔަލަށް މިފޮޓޯތައް އެރައްޔިތުންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

What do you think?

Name (required) :

Email (required) :

Website :