ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދު ފުވައްމުލަކަށް ވަޑައިގަންނަވައިފިއެވެ. ފުވައްމުލަކަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނުް މރުޙަބާއެއް ދެންނެވިއެވެ.
މިއަދު ހެނދުނު ފުވައްމުލަކުގެ ދޫނޑިގަމް އަވަށުގައި އެމްޑީޕީ ހަރުގެއެއް ރައީސް ނަޝީދު ހުޅުވައިދެއްވިއެވެ. އަދި ރިޔާސީ ކެމްޕޭންގެ ހަރާކާތްތައް ކުރިއަށްދާގޮތް ބައްލަވައި ކެމްޕޭން ޙަރަކާތްތެރިންނާ ބައްދަލުކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. މިއަދު މެންދުރުފަހު ފުވައްމުލަކުގެ ރައްޔިތުންނާއ ބައްދަލުކުރެވުމަށް ރައީސް ނަޝީދު ދޮރުން ދޮރަށް ހިންގަވާނެއެވެ.

ފުވައްމުލަކަށްފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި ރައީސް ނަޝީދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ގއ.ކޮލަމާފުށްޓަށެވެ. ކޮލަމާފުށީގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެއްބުރުން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :