ޢީދު ތަހުނިޔާ

ޙަޔާތުގެ ޢާންމު ތަރުތީބާއި ، ހަވާ ނަފްސުގެ އެތަކެއް އެދުންތައް ޤުރުބާންކޮށް، އަޅުގަނޑުމެން ހިފި ރޯދަ ޤަބޫލު ކުރައްވާ، މަތިވެރި ރަޙުމަތާ ސަވާބުން ، އެންމެހާ މުސްލިމުންގެ މުރާދު ޙާޞިލު ކުރައްވާށިއެވެ. އަދި ޒަކާތުގެ ދީލަތި ކަމުން އަޅުތަކުންގެ މައްޗަށް ދީލަތިވެ ވޮޑިގަންނަވާށިއެވެ. ފުރިހަމަ ރޯދަމަހެއްގެ ނިޢުމަތަށް ފަހު އައި އުފާވެރި ޢީދާ ކުރިމަތިލާ ހިނދު ، ރާއްޖެއާ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންނާ، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚުލާޞްތެރި ތަހުނިޔާ ދަންނަވަމެވެ. އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވާ، ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވާ، ހެޔޮ ޢަމަލުތަކުގައި ފައިތިލަތައް ސާބިތު ކުރައްވާ، ނަޞީބާއި ނަޞްރުގެ ބާއްޖަވެރިކަން މުޅި އުންމަތައް ޢާންމު ކުރައްވާށިއެވެ.

މުޙަންމަދު ނަޝީދު

1 comment
  1. ޢަބްދުﷲ ރަޝީދް / August 25, 2012

    ވަރަށް ފުރިހަމަ ތަހުނިޔާގެ މެސެޖެއް، މި މެސެޖުން އުފާވެރިކަން ގެނެސްދީފި

    Reply
What do you think?

Name (required) :

Email (required) :

Website :