ރައީސް މުޙައްމަދު ނަޝީދުގެ ނޫސް ބަޔާން

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މަގާމުގައި ހުންނެވި މުޙައްމަދު ނާޒިމް އާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒު އަކީ ބަޣާވާތް ކުރައްވައިގެން ތިއްބެވި ދެބޭފުޅުންކަމަށް އަޅުގަނޑު ބުނާތީ އެދެބޭފުޅުން އަޅުގަނޑުގެ މައްޗަށް ސިވިލް ކޯޓުގައި އަބުރުގެ ދަޢުވާ ކުރައްވާފައިވާކަމަށް މީޑިޔާއިން ޚަބަރު ލިބެއެވެ. އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިއީ ދިވެހި ރައްޔިތުންގެ ލޯކުރިމަތީ ހިނގައިދިޔަ ބަޣާވާތް ސާބިތު ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ކޯނީ ރިޕޯޓު ބަލާފައިވަނީ ކްރިމިނަލް މައްސަލަތައް ބަލާ މިންގަނޑުން ބަލައިގެން ކަމަށް އެރިޕޯޓުގަ ފާހަގަކޮށްފައިވާއިރު ސިވިލް ކޯޓުގައި މި މައްސަލަ ސާބިތު ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އަޅުގަނޑު އެދެނީ މިދެބޭފުޅުންނަކީ ބަޣާވާތް ކުރައްވައިގެން ކަމަށް ޤަބޫލު ކުރައްވާ ހުރިހާ ބޭފުޅުން ޚާއްޞަގޮތެއްގައި ސިފައިންނާއި ފުލުހުން މިމައްސަލާގައި ހެކިބަސް ދެއްވުމަށެވެ.

5 ސެޕްޓެމްބަރ 2012

3 comments
  1. ނާޒް / September 6, 2012

    ހަމަ ބަަގާވަތޭ. ކިޔާނަން

    Reply
  2. ނާޒް / September 6, 2012

    ހެކިބަސް ދޭން ތަަޔާރު!

    Reply
  3. ހުސެން އާރިފު / September 6, 2012

    ﷲ ގަންދީ ހުވާކޮއްފަ މިބުނަނީ ފެބްރުއަރީ7 ވަނަ ދުވަހު ވެރިކަން ވެއްޓުނީ ނުފޫޒުގަދަ ބަޔަކު އަޑީގަތިބެގެން ހިންގި ބަޢާވާތަކުން. އެކަމުގައި އެންމު އިސްކޮށް ހަރަކާތްތެރިވި ދެމީހުންނަކީ ނާޒިމާ، ރިޔާޒު.

    Reply
What do you think?

Name (required) :

Email (required) :

Website :