ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ހެނދުނު ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދު ސްރީލަންކާގެ ކޮޅުނބަށް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ އެތަނުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ސިޔާސަތު ހާމަކޮށް ކުރިއަށް އޮތް ފަސްއަހަރުގައި ކުރުމަށް އެމްޑީޕީން ހުށަހަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ،
މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މަސައްކަތްތކުރައްވާ ކެމްޕޭން ހަރަކާތްތެރިންނާއި ރައީސް ނަޝިދު ބައްދަލުކުރައްވާނެއެވެ.
މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އާދިއްތަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.