ޑރ. ޢަބްދުއްޞަމަދު އަބްދުﷲ އަވަހާރަވުމާ ގުޅޭގޮތުން ރައީސް ނަޝީދު ހިތާމަފާޅުކުރައްވައިފި

ރޭގެ ވަގުތެއްގައި ޑރ ޢަބްސުއްޞަމަދު ޢަބްދުﷲ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ޑރ.ޞަމަދަކީ ޕަބްލިކް ހެލްތްގެ ދާއިރާއިން ދިވެހިރާއްޖެއަށް އަގު ނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ބައިނަލްއަޤްވާމީ ސިއްޙަތާ ގުޅޭ އިދާރާގައި މަތީ މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހުވަދު އަތޮޅު ހިރިހަމާތި އާއިލާއަށް ނިސްބަތްވާ ޢަބްދުﷲ މޫސާ ހިރިހަމާތި ކިލެގެފާނު (ޢަބްދުﷲ ކަތީބު)ގެ އެންމެ ދޮށީ ފިިރިހެން ބޭފުޅާއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އެ އާއިލާއަށާއި އެމަނިކުފާނުގެ ގާތްތިމާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމަށް ދުޢާ ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :