ނޫސްބަޔާން

7 އޮކްޓޯބަރ 2012 ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ޙާޟިރުކޮށްދިނުމަށް އަންގައި، އެކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރެއް ނެރެފައިވާކަމުގެ މައުލޫމާތުވަނީ މިއޮފީހަށް މީޑިޔާއިން ލިބިފައެވެ.

އެ މައްސަލައިގެ ޝަރީޢަތުގެ އެ އަޑުއެހުމަށް ޙާޟިރުވުމަށް އަންގާ ކޯޓު އަމުރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ރައީސް ނަޝީދަށް މިއަދާ ހަމައަށްވެސް ފޮނުއްވާފައެއް ނުވެއެވެ. އަދި، 7 އޮކްޓޯބަރ 2012 ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ޙާޟިރުކޮށްދިނުމަށް އެކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢަމުރެއް ނެރުއްވާފައިވާކަމުގެ މައުލޫމާތު މީޑިޔާއިން ލިބިވަޑައިގަތުމުން، ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ 13 އޮކްޓޯބަރު 2012 ވާ ހޮނިހިރު ދުވަހުކަމާއި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހިންގެވުމަށް ހަމަޖެހިފައިވާ މައްސަލަ އެތާރީޚުގެ ފަހުގެ ތާރީޚަކަށް ތާވަލު ކޮށްދެއްވުމަށާއި، ތާވަލުކުރައްވާ ތާރީޚަށް ރައީސް ނަޝީދު ކޯޓަށް ޙާޟިރުވެ ވަޑައިގަންނަވާނެ ވާހަކަ ރައީސް ނަޝީދު ވަނީ އެކޯޓުގައި ލިޔުމުން ދަންނަވާފައެވެ. މީގެ އިތުރުން، މިވާހަކަ ވާނީ ލިޔުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގައިވެސް ދަންނަވާފައެވެ.

5 އޮކްޓޯބަރު 2012

What do you think?

Name (required) :

Email (required) :

Website :