ސަލާމަތީ ބާރުތަކަށް ރައީސް މުޙަންމަދު ނަޝީދު ފޮނުއްވި “ވަރަށް ވެދުން” ސިޓީއާގުޅޭ.

ރައީސް މުޙަންމަދު ނަޝީދު ދިވެހި ސިފައިންނާއި ފުލުހުންނަށް ފޮނުއްވާފައިވާ “ވަރަށް ވެދުން” ސިޓީތައް މިހާރު ވާނީ ބަޣާވާތުގައި ހަރަކާތްތެރިވި ވިއްސަކަށް ފުލުހުނާއި ސިފައިން ފިޔަވައި އެހެން ހުރިހާ ފުލުހުނާއި ސިފައިނަށް ފުރާތަކުރައްވާފައެވެ. އެހެން ކަމުގައި ވިއަސް މި ސިޓީ ރައްދުވެފައި ނެތް ފުލުހުނާއި ސިފައިން ދަނީ ރައީސް މުޙަންމަދު ނަޝީދަށް ޝަކުވާ އުފުލަމުންނެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ތަރުޖަމާނު، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ، ވިއްސަކަށް ފުލުހުން ފިޔަވައި އެންމެހާ ފުލުހުނަށާއި ސިފައިންނަށް، އެއްވެސް ހިތްޕުޅު ބުރަކަމެއްނެތި “ވަރަށް ވެދުން” ސިޓީ ރައީސް މުޙަންމަދު ނަޝީދު ފޮނުއްވާފައިވާއިރު ބައެއް ސިޓީ ރައްދުވެފައިނުވާތީ އެކަމަށް އެމަނިކުފާނު މާފަށް އެދިވަޑައިގަންނަވައެވެ. ނަމަވެސް މި އިންތިޚާބަށް އެބޭފުޅުން މުޅި ރާއްޖޭގައި ރުކުރަވާލާފައިވުމުގެ ސަބަބުން މިހާރު ހުންނެވިތަން ހޯދުމުގައި ދަތިތަކާ ކުރިމަތި ވަމުން ދާކަމަށް މާރިޔާ ދީދީ ވިދާޅުވިއެވެ. އެހެން ކަމުން ބައެއް ފުލުހުނާއި ސިފައިންގެ އަތްޕުޅަށް ސިޓީ ރައްދުކުރުމުގައި ދަތިތަކެއް ކުރިމަތި ވަމުން އެބަދެއެވެ. މިއީ އެއްވެސް ހާލެއްގައި ރައީސް ނަޝީދު އެބޭފުޅުންނަށް ސިޓީ ފޮނުއްވާފައި ނުވާތީ ނުވަތަ ހިތްޕުޅު ބަރުކަމެއް ގެންގުޅުއްވާތީ ދިމާވި ކަމެއް ނޫންކަމުގައިވެސް މާރިޔާ ދީދީ ވިދާޅުވިއެވެ.

ސިޓީ ހޯއްދެވުމަށް ފުލުހުންނާއި ސިފައިން ބަހައްޓަވަމުންގެންދަވާ ޝައުޤު ވެރިކަމާއި، އަހައްމިޔަތަށްޓަކައި ރައީސް ނަޝީދު ނުހަނު ޝުކުރު އަދާ ކުރައްވައެވެ.
“އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުން މިގެންދަނީ، މިސިޓީތައް އޭގެ ހައްޤުވެރިންނަށް މިހާރުން މިހާރަށް ރައްދުކުރެވޭތޯ” – މާރިޔާ ދީދީ ވިދާޅުވިއެވެ

What do you think?

Name (required) :

Email (required) :

Website :