އައްޑޫ ސިޓީ ކެމްޕޭން ހަރަކާތްތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފިއެވެ. ރައީސް ނަޝީދު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީގެ ހުޅުމީދޫއަށެވެ. ހުޅުމީދޫން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ހުޅުމީދޫގައި ދޮރުންދޮރަށް ހިންގެވިއެވެ. އަދި ވަކިވަކި ރައްޔިތުންނާވެސް ބައްދަލުކުރައްވިއެވެ.

ހުޅުމީދޫއަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރައިމެރީ އިންޓަރނޭޝަނަލް ސްކޫލަށެވެ. އަދި ސްކޫލްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ނަޝީދު ސާފްކުރެއްވިއެވެ. މުހިއްބުއްދީން ސްކޫލުގައި ހިތަދޫ ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައި އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. ހިތަދޫގައިވެސް ދޮރުންދޮރަށް ހިންގަވައި ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

ހިތަދޫއަށްފަހު ރައީސް ނަޝީދު ވަނީ މަރަދޫ، ފޭދޫގައި ކެމްޕޭންގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި ކެމްޕޭނުގައި އައްޑޫ ސިޓީއިން ހޯއްދެވި ކާމިޔާބީއަށް ޝުކުރުއަދާ ކުރައްވައި މަރުހަބާ ދެންނެވިއެވެ. އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

What do you think?

Name (required) :

Email (required) :

Website :