ނޫސްބަޔާން

މޫސުމަށް އަންނަ ބަދަލުގެ ނޭދެވޭ އަސަރާއި އިންތިހާއަށް ކުރިމަތިލުމަށް މަޖުބޫރުވެފައިވާ މިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ގެއްލުން މިވަނީ ކުރިމަތިވެފައެވެ. ދަތުރުފަތުރާއި މުޢާސަލާތާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށްވަނީ ބުރޫއަރާފައެވެ.

މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުމެވެ. އަދި ވަކިން ހއ. ހޯރަފުއްޓާއި ބާރަށާއި ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކަށް ލިބުނު ގެއްލުން އެތައްގުނައަކުން ބޮޑުކަން ފާހަގަވެއެވެ.

މިދަނޑިވަޅުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުޞޫލު އުފަލާއިއެކު ފާހަގަ ކުރަމެވެ. އަދި ރައްޔިތުންނަށް ލިބިގެންދާ މިހިތާމައިގާ ރާއްޖޭގެ ރައްޔިތުންނާއި އެކު އަޅުގަނޑު ވަމެވެ.

މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ

What do you think?

Name (required) :

Email (required) :

Website :