ބޭނުންވަނީ މާޗް މަހުގެ ކުރިން އިންތިހާބެއް ބާއްވަން – ރައީސް ނަޝީދު

އޮގަސްޓު މަހު ބޭއްވޭނެ އިންތިހާބެއް ގަބޫލު ނުކުރައްވާނެކަމާއި މާޗް މަހުގެ ކުރިން އިންތިހާބެއް ބޭއްވެންޖެހޭނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ށ.ޅައިމަގުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައިވެސް މިހެން ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުމާއި މާލީ ހާލަތައް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ” އަޅުގަނޑަކަށް ނުވިސްނޭ މިގޮތަށް މިރާއްޖެ ކުރިއަށް ގެންދެވިދާނެކަމަކަށް. މާދަމައަށް ބެލިއަސްވެސް މިއަންނަ މަހަށް ބެލިއަސްވެސް ހަގީގަތުގައި މާލިއްޔަތުގަ ނެތް މުސާރަ ދެވޭނެ މިންވަރުވެސް.” އަދި މިފަދަ ގޮތަކަށް މާލީ ހާލަތު ވާއިރު އޮގަސްޓު މަހާ ހަމައަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ގެންދެވިދާނ ގޮތާމެދު ސުވާލުކުރެއްވިއެވެ.

އަދި ބަޣާވާތަކަށް ފަހު ދެން ކަންތައް ވެގެންދާނެ ގޮތް އެނގިވަޑައިގަންވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ގޮތުންވެސް ޑރ.ވަހީދުގެ ސަރުކާރސް ފާޑު ވިދާޅު ވަމުން ރައީސް ނަޝީދު ވިދާޅުވީ “ޑރ.ވަޙީދުގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ބޭފުޅުން މިހާރު ވިދާޅުވަނީ ކޯނީ ރިޕޯޓު އޮޅުވާލެވުނު ގޮތްތައް އެގިވަޑައިގަންނަވާ ކަމުގައި.” މިހެން މިކަންތައް ހިގާއިރު ސަރުކާރު ދެމި އޮންނާނީ ކޮންގޮތަކުންކަން އެގިވަޑައިނުގަންނަވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވީއެންމެ އަވަހަކަށް އިންތިހާބޫ ބޭއްވުން ކޮންމެހެން މުހިއްމު ކަމާއި މާޗް މަހުގެ ކުރިން އިންތިހާބު ބޭއްވެން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :