ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުން ދާކަމަށާއި އަދި އެކަން ކުރުމަށް އަލްޤައިދާ ޖަމާޢަތުގެ ދެމީހަކު މިހާރު މާލެގައި އެބަތިބިކަމަށް ބައެއްފަރާތްތަކުން ބުނަމުންދާތީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން މިވާހަކަ ވަނީ އެ މިނިސްޓްރީގައި ލިޔުމުން މިއޮފީހުގެ ފަރާތުން ދަންނަވާފައެވެ. އަދި މިކަމުގެ އެއްވެސް މަޢުލޫމާތެއް އެ މިނިސްޓަރީގެ އިންޓެލިޖެންސް އަށް ލިބިފައިވޭތޯ ބައްލަވާ ދެއްވުމަށްފަހު، ލިބިވަޑައިގެންފައިވާ މަޢުލޫމާތު ވީއެންމެ އަވަސް ފުރުޞަތެއްގައި ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި ހިއްޞާކޮށް ދެއްވުމަށްވެސް ވަނީ ދަންނަވާފައެވެ.