އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް މަރުޙަބާ ދެންނެވުން

ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް މެންބަރުން ހޮވުމަށް 18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވާނެ ފަރާތްތައް ކަނޑައެޅުމަށް ހޮނިހިރު ދުވަހު ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ ޕްރައިމެރީގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަމެވެ.

އަދި މި ބޭއްވޭ ޕަރައިމެރީ އަކީ އެމްޑީޕީއަށާއި ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ހަޔާތަށް ލިބޭ އިތުރު ފުރިހަމަކަމެއް ކަމުގައިވެސް އަޅުގަނޑު ދެކެމެވެ. މެދުކެނޑުމެއްނެތި ކޮންމެ އިންތިޚާބެއްގައިވެސް ޕްރައިމެރީ ބޭއްވުމާއެކު ޕާޓީގެ މެމްބަރުން އިންތިޚާބުކުރާ ކެންޑިޑޭޓުން ވާދަ ކުރުމަށް ޖާގަ ދެވޭ ކަމީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއްކަމުގައިވެސް އަޅުގަނޑު ޤަބޫލުކުރަމެވެ.

ހޮނިހިރު ދުވަހު ބޭއްވޭ ޕްރައިމެރީގައި އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ވޯޓު ދެއްވައި ވާދަވެރި، މިނިވަން، އިންސާފުވެރި އިންތިޚާބަކަށް އަޅުގަނޑު އެދެމެވެ.

What do you think?

Name (required) :

Email (required) :

Website :