މަރްހޫމް މަންޑޭލާގެ އާއިލާއާއި ގާތްފަރާތްތަކުގެ ހިތަމާއި މޮޅިވެރިކަމުގައި ބައިވެރިވުންމަ

މިއަދު ހެދުނު ނެލްސަން މަންޑޭލާ އަވަހާރަވިކަމުގެ ހިތާމަވެރި ޚަބަރާއެކު މި ހިތްދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ފިކުރާއި ތަޢުޒިޔާ
ހުއްޓިފައި މިހުރީ މަރްހޫމް މަންޑޭލާގެ އާއިލާއާއި ގާތްފަރާތްތަކުގެ ހިތަމާއި މޮޅިވެރިކަމުގައި ބައިވެރިވުމުގެ މައްޗަށެވެ.

މަންޑޭލާއަކީ ކުރިއަށް އަރާހުންނެވި ދަންމަރެކެވެ. ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒުގެ ނިޒާމާ ދެކޮޅަށް ފާޅުގައި ނިކުންނެވި ބޭފުޅެކެވެ. އެތައް އަހަރެއް ޖަލުގައި ހޭދަކުރެއްވިއިރު، އޭގެ ތެރެއިން އެތައް އަހަރެއް ހޭދަކުރެއްވީ ވަރަށް ނިކަމެތި ޙާލުގައެވެ. މަންޑޭލާ ޖަލަށް ލެވުނީ، އިންސާނުންގެ ނަސްލުތަކުގެ މެދުގައި ޑިމޮކްރަސީއާއި އަދުލުއިންސާފާއާއި ހަމަހަމަކަމުގައި މުޢާމަލާތްކުރަން ޖެހޭނެކަމުގެ މަތިވެރި ޢަޒުމު ދިފާޢުކުރެއްވުމުގައި ކުރެއްވި ޖިހާދުގައެވެ.

މަންޑޭލާގެ މައްޗަށް ދިގުމުއްދަތަށް ޖަލަށްލުމުގެ ޙުކުމެއް ކުރުމުގެ ތަންކޮޅެއް ކުރިން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. “ސުލްހަ މަސަލަސްކަމާއި ހަމަހަމަ ފުރުޞަތު ކޮންމެ މީހަކަށްވެސް ޙައްޤުވާ ޑިމޮކްރެޓިކް، މިނިވަން މުޖްތަމަޢުއެއްގައި އެކުގައި ދިރިއުޅުމަކީ އަހުރެން އާލާކުރާ ތަޞުއްވުރެކެވެ. އެ ތަޞުއްވުރަކީ އެ ތަޞުއްވުރަށްޓަކައި އަހަރެންގެ ޖާނު ހޭދަކޮށް، އޭގެ ފޮނިކަން ޙާޞިލުކުރުމަށް އަހުރެން އުންމީދުކުރާ ތަސައްވުރެވެ. އަދި އެފަދަ ޒަރޫރަތެއް މެދުވެރިވެއްޖެނަމަ، އެއަށްޓަކައި ގުރުބާންވުމަށް ތައްޔާރަށް ހުންނަ ތަސައްވުރެވެ”.

މި ތަސުއްވުރާ ދެކޮޅަށް ގިނަ ކަންކަން ބިންދަމުން ދިޔައިރުގައިވެސް، މަންޑޭލާ އޭނާގެ މާތް މަގްސަތުގެ މަންޒިލަށް ލެފުވުމުގެ އުފާ ހާސިލްކުރެއްވިއެވެ. އެބޭފުޅާގެ ގައުމުގައި އޮތް ޚުދްމުޚްތާރު ނިޒާމު ބަދަލުކުރައްވައި ޑިމޮކްރަސީ ޤާއިމުކުރެއްވިއެވެ. އަދި ދީލަތިކަމާއި، ނިޔަނެތިކަމާއި، އޯގާތެރިކަމުގެ މާތް އުސޫލު ބޭނުންކުރައްވައިގެން، އެޕާތައިޑްގެ މޯހިރުގައި ލެހެއްޓިހުރި ފާރުގަނޑުތައް ފަސޭހަކުރެއްވިއެވެ. މިގޮތުން އަނިޔާވެރިވި މީހުނަށް މާފު ދެއްވިއެވެ.

.
މަންޑޭލާގެ އަސާރު އެފްރިކާގެ ކަރަގޮޑު ހުރަސްކޮށް އެހެން ބައްރުތަކަށްވެސް ފެތުރިގެން ދިޔައެވެ. ޑިމޮކްރަސީއަށް ކުރާ އުންމީދާއި ޑިމޮކްރަސީއަށް ކުރާ އިލްހާމުގެ ދަންމަރަކަށް މަންޑޭލާ ވެވަޑައިގަތެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަކަށް މަސައްކަތްކުރާ ޙަރަކާތްތެރިންގެ މުރުޝިދަކަށް މަންޑޭލާ ވެގެން ދިޔައެވެ. ރާއްޖޭގެވެސް މެއެވެ.

މިމޮޅިވެރި ދުވަހު އަހުރެމެން ތައުޒިޔާ މިކިޔަނީ 20 ވަނަ ގަރުނުގެ އެންމެ މުހިންމު އެއް ޝަޚްސިއްޔަތުގެ އަލްވަދާޢުއަށެވެ. އޭނޭ ދޫކުރައްވާފައި އެ ވަޑައިގަތް ތަރިކައިގައި އަހުރެމެން ހިފަހައްޓަމުއެވެ. އޭނާ ވިދާޅުވެފައިވެއެވެ. “މިނިވަން ވުމަކީ ހަމައެކަނި ދަގަޑު ކަސްދޮޅުތައް މޮހާލުމެއް ނޫނެވެ. އެއާއެކު އެހެން މީހުންގެ މިނިވަންކަމަށް އިހްތިރާމް ކުރުވައި ހިތްވަރުދޭ ގޮތެއްގައި ހަޔާތް ހޭދަކުރުމެވެ”.

What do you think?

Name (required) :

Email (required) :

Website :