މަންޑޭލާގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސް ނަޝީދު ސޮއިކުރައްވައިފި

މަންޑޭލާގެ ހަނދާނުގައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި މިއަދު މެންދުރު ރައީސް ނަޝީދު ސޮއިކުރައްވައިފިއެވެ. އެ ދަފްތަރުގައި ލިއުއްވި ތައުޒިޔާގެ މެސެޖުގައި މަރްހޫމް މަންޑޭލާގެ އާއިލާއާއި ގާތްފަރާތްތަކުގެ ހިތަމާއި މޮޅިވެރިކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސް މަންޑޭލާއަކީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގައި ކުރިއަށް އަރާ ހުންނެވި ދަންމަރެއް ކަމުގައި ވިދާޅުވިއެވެ.

ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒުތައް ނައްތާލައި އިންސާނުންގެ ނަސްލުތަކުގެ މެދުގައި ޑިމޮކްރަސީއާއި ޢަދުލު އިންސާފާއި ހަމަހަމަކަމުގައި މުޢާމަލާތް ކުރުމަށް މަންޑޭލާ ކުރެއްވި މަތިވެރި މަސައްކަތްޕުޅަށް ތަޢުރީފް ކުރެއްވިއެވެ.

“މަންޑޭލާގެ އަސާރު އެފްރިކާގެ ކަރަގޮޑު ހުރަސްކޮށް އެހެން ބައްރުތަކަށްވެސް ފެތުރިގެން ދިޔައެވެ. ޑިމޮކްރަސީއަށް ކުރާ އުންމީދާއި ޑިމޮކްރަސީއަށް ކުރާ އިލްހާމުގެ ދަންމަރަކަށް މަންޑޭލާ ވެވަޑައިގަތެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަކަށް މަސައްކަތްކުރާ ޙަރަކާތްތެރިންގެ މުރުޝިދަކަށް މަންޑޭލާ ވެގެން ދިޔައެވެ. ރާއްޖޭގެވެސް މެއެވެ.” ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.

What do you think?

Name (required) :

Email (required) :

Website :