ރައީސް ނަޝީދު މިރޭ އަބޫދާބީއަށް ފުރާވަޑައިގަންނަވާނެ

ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން އިންތިޒާމް ކުރެވޭ ޒައިދު ފިއުޗަރ އެނަރަޖީ ޕްރައިޒްގެ ޕްރައިޒް އެވޯޑިން ޙަފްލާއަށާއި އަބޫދާބީ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާރސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު މިރޭ އަބޫދާބީއަށް ފުރާވަޑައިގަންނަވާނެއެވެ.

ޒައިދް ފިއުޗާރ އެނަރޖީ ޕްރައިޒައަކީ އިއާދަކުރަނިވި ހަކަތަ ބޭނުނުކުރުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ޓެކްނޮލޮޖީ އުފެއްދުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ ކަމެކެވެ. އަދި ޒައިދު އެނަރޖީ ފިއުޗަރ ޕްރައިޒްގެ ޖުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. ރައީސް ނަޝީދުގެ އިތުރުން ޖޫރީގައި ހިމެނިވަޑައިގަންނަވަނީ އައިސްލެންޑުގެ ރައީސް، ސައުތު ކޮރެއާގެ ކުރީގެ ބޮޑުވަޒީރު، ސައުތު އެފްރިކާގެ ޓްރާސްޕޯޓް މިނިސްޓަރ، އައިރީނާގެ ޑިރެކްޓަރ ޖެނެރެލް، އަބޫދާބީގެ ގްލޯބަލް މަރކެޓްޕްލޭސްގެ ޗެއަރމަން، ވަރޖިންގްރޫޕްގެ ފައުންޑަރ ރިޗަރޑް ބްރޭންސަން އަދި އިންޑިޔާގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޓާޓާ ޓްރަސްޓްގެ ޗެއަރމަން ރަޓަން ޓާޓާއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހައިކޯޓުންވެސް ވަނީ ހުއްދަ ނަންގަވާފައެވެ.

What do you think?

Name (required) :

Email (required) :

Website :