ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ޙަޤީގަތާ ޚީލާފު މަޢުލޫމާތު ކުށްވެރިކޮށްނެރޭ ނޫސްބަޔާން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ޙަޤީގަތާ ޚީލާފު މަޢުލޫމާތު ހިމަނާފައިވާތީ އެކަންކުށްވެރިކުރަމެވެ. 11 ނޮވެމްބަރު 2008 ދުވަހުން ފެށިގެން 7 ފެބްރުއަރީ 2012 ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަރަދުތައްކޮށްފައިވާނީ ޤާނޫނުގެ އިމުގެތެރެއިންކަން ފާހަގަކުރަމެވެ.

ޤާނޫނު ނަންބަރު 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނާއި ޢުމުރުން 18 އަހަރު ނުފުރޭ ދަރިނަށް ދަޢުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޚީ ޚިދުމަތް ލިބިދޭންޖެހޭނެކަމަށާއި، އެޤާނޫނުގެ 8 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ރައީސްގެ ޢާއިލާއާއެކު ގިނަވެގެން އަހަރަކު 30 ދުވަހުގެ ޗުއްޓީ ހޭދަކުރުމުގެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނަކަމަށް ބަޔާންކޮށްފައިވާއިރު، އެޤާނޫނާ ޚިލާފަށް ރައީސް މުޙައްމަދު ނަޝީދުއާއި އެމަނިކުފާނުގެ ޢާއިލާއަށް އެއްވެސް ފައިސާއެއް ޚަރަދުކޮށްފައެއްނުވާނެކަމުގައި ދަންނަވަމެވެ.

އަދި، ރައީސް މުޙައްމަދު ނަޝީދު ދަޢުލަތުގެ ޚަރަދުގައި އެއްވެސް ކެމްޕެއިން ދަތުރެއް ކުރައްވާފައިނުވާނެކަމާއި، ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާއި ޤަވަޢިދާ ޙިލާފަށް ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ހުރިހާ ކަންކަމުގެ ތަފްޞީލް ބެއްލެވުމަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :