ޒައިދު ފިރުޗަރ އެނަރޖީ ޕްރައިޒްގެ ޖުރީ ޕެނެލްގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ހަނދާނުގައި 2009 ވަނަ އަހަރުން ފެށިގެން އިންތިޒާމް ކުރެވޭ ޒައިދު ފިއުޗަރ އެނަރަޖީ ޕްރައިޒްގެ ޖޫރީ ޕެނެލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އާދީއްތަ ދުވަހު އަބޫދާބީއަށް ފުރާވަޑައިގަންނަވާނެއެވެ.

ޒައިދް ފިއުޗާރ އެނަރޖީ ޕްރައިޒަކީ އިއާދަކުރަނިވި ހަކަތަ ބޭނުނުކުރުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދެވޭ އިނާމެކެވެ. ޒައިދު ފިރުޗަރ އެނަރޖީ ޕްރައިޒްގެ މަޤްޞަދު ހާސިލްކުރުމަށް އަމާޒުކުރެވިގެން ކޮންމެ އަހަރަކުވެސް އެކިއެކި ކެޓެގަރީތަކަށް ޕްރޮޖެކްޓު ހުށަހެޅުމުގެ ފުތުޞަތު ހުޅުވާލެވެއެވެ. އެ ކެޓެގަރީތަކަކީ ބޮޑެތި ކުންފުނިތައް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، މަދަނީ ޖަމްޢިއްޔާތައް، ލައިފްޓައިމް އެޗީވްމަންޓު، މުޅިއުމުރުގެ ކާމިޔާބީ، އަދި ސާނަވީ އަދި މަތީ ސާނަވީ ސްކޫލްތަކެވެ. މިގޮތުން މިއަހަރު ސްކޫލްތަކުގެ ތަކުގެ ކެޓެގަރީން ފައިނަލިސްޓް ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ ހައިސްލކޫލުން ހުށަހެޅި ޕްރޮޖެކްޓް ވަނީ ހޮވިފައެވެ.

ރައީސް ނަޝީދަކީ 2010 ވަނަ އަހަރުން ފެށިގެން ޒައިދު އެނަރޖީ ފިއުޗަރ ޕްރައިޒްގެ ޖުރީ މެމްބަރެކެވެ. ރައީސް ނަޝީދުގެ އިތުރުން ޖޫރީގައި ހިމެނިވަޑައިގަންނަވަނީ އައިސްލެންޑުގެ ރައީސް، ސައުތު ކޮރެއާގެ ކުރީގެ ބޮޑުވަޒީރު، ސައުތު އެފްރިކާގެ ޓްރާސްޕޯޓް މިނިސްޓަރ، އައިރީނާގެ ޑިރެކްޓަރ ޖެނެރެލް، އަބޫދާބީގެ ގްލޯބަލް މަރކެޓްޕްލޭސްގެ ޗެއަރމަން، ވަރޖިންގްރޫޕްގެ ފައުންޑަރ ރިޗަރޑް ބްރޭންސަން، ޔުނައިޓެޑް ނޭޝަންސް ފައުންޑޭޝަންގެ ރައީސް އަދި ޗީފް އެކްޒެކެޓިވް އޮފިސަރ އަދި އިންޑިޔާގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ޓާޓާ ޓްރަސްޓްގެ ޗެއަރމަން ރަޓަން ޓާޓާއެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހައިކޯޓުގެ ހުއްދައަށް ވަނީ އެދިވަޑައިގެންފައެވެ.

What do you think?

Name (required) :

Email (required) :

Website :