އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުމުގައި ތިމާވެށީގެ ޚާއްސަ ޚިޠާބެއް ދެެއްވުމަށް ރައީސް ނަޝީދު ޖަޕާނަށް ފުރާވަޑައިގަންނަވައިފި

ޝަރުޢީ ދާއިރާގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ބާރ އެސޯސިއޭޝަންގެ އަަހަރީ ބައްދަލުވުމުގެ ތިމާވެއްޓާ ގުޅޭ ޚާއްސަ ޚިޠާބު ދެއްވައި އެބައްދަލުވުން ޝަރަފްވެރިކޮށްދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ޖަޕާނަށް ފުރާވަޑައިގަންނަވައިފިއެވެ. މިޚިޠާބު ދެއްވުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2014 ވަނަ ދުވަހު ޖަޕާންގެ ވެރިކަން ކުރާ ޓޯކިޔޯގައެވެ.

މި ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އޭބް އަދި ޖަޕާންގެ އެމްޕެރަރ އާއި އެމްޕްރެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދުގެ އަރިހުގައި އަޔަރލެންޑުގެ ކުރީގެ ބޮޑުވަޒީރު، އ.ދގެ ސެކެޓަރީ ޖެނެރަލްގެ ޚާއްސަ މަަންދޫބް މޭރީ ރޮބިންސަން، އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯރ، މެކްސިކޯގެ ކުރީގެ ރައީސް ފިލިޕޭ ކަލްޑެރޯންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ޚާއްސަ ރިޕޯޓު އިފްތިތާޙް ކުރެވޭެނެއެވެ. އައިބީއޭގެ ރިޕޯޓުގައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ހޯދިފައިވާ ހޯދުންތައް ކޮންފަރެންސްގެ ބައިވެރިންނާ ހިއްސާކުރެވޭނެއެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން އިންސާނީ ހައްޤުތއް ހިމާޔަތް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ގުޅޭ ހޯދުންތައްވެސް ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ލިބިގެންދާނެ ގެއްލުންތަކާއި އެކަންތައް ހައްލުކޮށް އިންސާފު ހޯދޭނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވޭނެއެވެ.

އައިބީއޭއަކީ ދުނިޔޭގެ ޝަރުޢީ ދާއިރާއާ ގުޅޭ އެންމެ ބޮޑު ބައިނަންއަޤްވާމީ ޖަމްޢިއްޔާއެވެ. 50000 އަށްވ ވުރެ ގިނަ މެމްބަރުން ހިމެނޭ މި ޖަމްޢިއްޔާއަކީ ޝަރުޢީ ދާރިއާ ގުޅޭ އެންމެ މުހިއްމު އަދި ނުފޫޒުގަދަ އެއް އަޑެވެ. މިއަހަަރުގެ ކޮންފަރެންސްގައި 5000 އަށްވުރެ ގިނަ ވަކީލުން، ފަނޑިޔާރުން، އިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

What do you think?

Name (required) :

Email (required) :

Website :