އިންޑިއާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރއާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވާލްއާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު އިންޑިޔާ ހައިކޮމިޝަންގައި އޮތް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އިންޑިއާ ކަނޑުގެ ސުލްޙައާއި ހަމަޖެހުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްވެރިކަންކުރަމުން ގެންދާތީ އެކަމާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްދާ މިފަދަ ޤަވާއިދާ ޚިލާފް ކަންކަން ދިވެހި ދައުލަތުން ތަހްޤީޤްކުރުމަށް ނުކުޅެދިފައިވާތީ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :