ޤާނޫނު އަސާސީ ނެގެހެއްޓުމުގައި ސިޔާސީ ޕާޓީތަކުން އެކުވެރިވެ އެއްބާރުލެއްވުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމުގައި ޑީއާރުޕީގެ ނަން ވިދާޅުނުވެވިވާތީ އެޕާޓީގެ ރައީސް އެކަން ފާހަގަ ކުރައްވައި ގުޅުއްވާފައިވާތީ އެކަން އެއީ ޤަސްދުގައި ހިނގިކަމެއްނޫންކަން ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ.
ރައީސް ނަޝީދުވަނީ އެކަން ފާހަގަކުރައްވައި ޑީއާރުޕީގެ ލީޑަރ މުޙައްމަދު ނަޝީދުއަށް ފޯނު ކުރައްވައި ޤާނޫނު އަސާސީ ނެގެހެއްޓެވުމަށް ޑީއާރުޕީއަކީވެސް ވަރަށް މުހިއްމު ބައިވެރިއެއްކަން ވިދާޅުވެފައެވެ.