ރައީސް ނަޝީދުގެ ގެކޮޅުގައި ބަންދު ކުރައްވައިގެން ކޯޓަށް ހާޒިރުކުރުމަށް އެދިވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅުގައި ބަންދު ކުރައްވައިގެން ކޯޓަށް ހާޟިރުކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒަގެ އަރިހުގައި އެމަނިކުފާނުގެ ޤަނޫނީ ވަކީލުން އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ ޤަނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަތީފް ސޮއި ކުރައްވައި ހޯމް މިނިސްޓަރ އަލްފާޟިލް އުމަރު ނަސީރަށް މިއަދު ފޮނުއްވެވި ސިޓީގައި ވިދާޅުވީ މިގޮތަށް

އެދިވަޑައިގަންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ފުލުހުންގެ ބައެއް ބޭފުޅުން އެމަނިކުފާނަށް ބޮޑެތި އަނިޔާތަށް ކުރަމުން ގެންދާތީ ކަމުގައެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅަށާއި ފުރާނަފުޅަށް ވެދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ކަމުގައިވެސް ސިޓީގައިވެއެވެ.

ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާއިރު ޢާއިލާއަށާއި އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އެންގެވުމަކާ ނުލައި ބަންދުގައި ބެހެއްޓިފައިވާ ތަން ނޫން ތަންތަނަށް ފުލުހުން އެމަނިކުފާނު ބަދަލުކުރައްވައި ގެންދެވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސް ނަޝީދު އަށް ފަރުވާ ދެއްވުމަށް މާލޭގެ ކްލިނިކެއް ކަމުގައިވާ މެޑިކާއަށް ގެނެސް ފަރުވާދީފައިވަނީ އެމަނިކުފާނުގެ ޢާއިލާއަށާއި ޤާނޫނީ ވަކީލުންނަށް އެންގެވުމަކާ ނުލައެވެ.

What do you think?

Name (required) :

Email (required) :

Website :