ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުންގެ ޕްރެސް ކޮންފަރެންސް

ރައީސް މުޙައްމަދު ނަޝީދުގެ ދިފާޢުގައި ވަކާލާތު ކުރެއްވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ބައިނަލްއަޤްވާމީ ވަކީލުން އެމަނިކުފާނު ބަންދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި އދ. އަށް މިއަދު މައްސަލަ ހުށައަޅުއްވާނެއެވެ. އެކަމާ ގުޅޭގޮތުން އެމެރިކާގެ ވެރިކަން ކުރާ ވޮޝިންޓަން ޑީސީގެ ނެޝަނަލް ޕްރެސް ކްލަބްގައި ޕްރެސް ކޮންފަރެންސެއް އޮންނާނެއެވެ. މި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ޖެރެޑް ގެންސަރ އާއި އަމާލް ކްލޫނީއެވެ. ޤާނޫނީ ވަކީލުންގެ އަރިހުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޕްރެސް ކޮންފަރެންސް އޮންނާނީ 30 އޭޕްރިލް، ބުދަ ދުވަަހުގެ ރޭ ދިވެހިރާއްޖެ ގަޑިން 7 ޖަހާއިރުއެވެ. އަދި ޕްރެސް ކޮންފަރެންސް http://free.presidentnasheed.com/live އިން ލައިވް ކުރެވޭނެއެވެ. ޕްރެސް ކޮންފަރެންސް ރާއްޖެ ޓީވީ އަދި ވީޓީވީން ލައިވް ކުރެވޭނެއެވެ.

What do you think?

Name (required) :

Email (required) :

Website :