ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުން ކުށްވެރިކޮށް ފުލުހުންގެ މުއައްސަސާ އިސްލާޙްކުރުމަށް ކޮމިޝަނަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރެލް އުފުލާފައިވާ ޓެރަރިޒމްގެ ދަޢުވާގެ ފުރަތަމަ އަޑުއެހުމަށް ފުލުހުންގެ ބަންދުގައި ބަހައްޓައި އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިނުވާކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން 2015 މެއި 20 ވަނަ ދުވަހު ނިންމާފައިވާތީ އެކަން ކުށްވެރިކުރަމެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުމުގައި އަނިޔާ ލިބިވަޑައިގަތް ރައީސް ނަޝީދުގެ ބަޔާނަށާއި މި ހާދިސާ ހިނގި ވަގުތު މަންޒަރު ދުށް ގިނަ ނޫސްވެރިންގެ ބަޔާންތަކަށް ރިޢާޔަތް ކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުން ކުރާ ޤާނޫނާ ޚިލާފް ކަންކަން ބަލައި ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ މިނިވަން މުއައްސަސާއެކެވެ. ކޮމިޝަނުގެ ތަހްގީގުތައް ކުރުމުގައި ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ މުސްތަޤިއްލުކަމާއެކު ކުރިއަށް ގެންދެވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އެދެމެވެ. އަދި ސިޔާސީ ވިސްނުމުގައި ފުލުހުންގެ މުއައްސަސާ ދިފާޢު ކުރުމުގެ ބަދަލުގައި އެމުއައްސަސާ އިސްލާހް ކުރެވޭނެ ގޮތަށް ވަކިވަކި ފުލުހުން ކުރާ ކުށްތައް ފޮރުވުމުގެ ބަދަލުގައި ކޮމިޝަންގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރެއްވުމަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :