އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވަވައިފިއެވެ. ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީފުޅުގައި ބޮޑުވަޒީރު ކެމެރަން ވިދާޅުވެފައިވަނީ ނިމިގެންދިޔަ އިންތިޚާބުގައި އެމަނިކުފާނަށާއި އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ކޮންޒަރވެޓިވް ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބާއެކު ޒިންމާދާރު ކަމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސަތުތަކާ މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ.
ރައީސް ނަޝީދުގެ ތާޢީދާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވަމުން މުސްތަޤްބަލުގައިވެސް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރައްވައި އެކުގައި މަސައްކަތް ކުރައްވާނެކަމުގައި ބޮޑުވަޒީރު ކެމެރަންގެ ސިޓީފުޅުގައި ވިދާޅުވިއެވެ.