ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހެދުމަށް ހޯމް މިނިސްޓަރު އަރިހުގައި އެދިވަޑައިގެންފި

އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގަައި ފަރުވާ ދިނުމަށްފަހު ޑޮކްޓަރު ލަފާ އަރުވާފައިވަނީ 2 ހަފްތާ ފަހުން އެމް.އާރު.އައި ސްކޭން ހެދުމަށެވެ. އެ މުއްދަތު މިއަދު ހަމަވެފައިވާތީ ޑޮކްޓަރުގެ ލަފާއާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހައްދަވައިދެއްވުމަށް އެދި އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަރިހުގައި މިއަދު އެދިވަޑައިގެންފިއެވެ.

އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ޑޮކްޓަރު ލަފާ އަރުވާފައިވަނީ 2 ހަފްތާއަށް ފިޒިއޮތެރެޕީ ކުރިއަށް ގެންދިއުމަށާއި، ގެ ފަދަ ސްޓްރެސް ފްރީ މާޙާއުލެއްގައި އަރާމު ކުރެއްވުމަށެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށް އެންމެ އެކަށޭނެ ފަރުވާ އަކީ ކޮބައިކަން ކަަށަވަރުވާނީ 2 ހަފްތާއަށްފަހު އެމް.އާރު.އައި ސްކޭނެއް ހެދުމުން ކަމުގައި ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

ރައީސް މުޙައްމަދު ނަޝީދު އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލަފާއާއި ޚިލާފަށް ކަމުގައި ފާހަގަ ކުރަމެވެ.

What do you think?

Name (required) :

Email (required) :

Website :