ރައީސް މުޙައްމަދު ނަޝީދުގެ ޢާއިލީ ބައްދަލުވުންތަކަށް އަނެއްކާވެސް ހުރަސް އަޅައިފި

ބޭއިންސާފު ޝަރީޢަތެއްގެ ވާސިތާއިން ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ރައީސް މުޙަންމަދު ނަޝީދުގެ ޢާއިލާ އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ ޙައްޤުން މަޙްރޫމުކުރުމަށް ކުރަމުންދާ މަސައްކަތްތައް މިއޮފީހުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ރައީސް ނަޝީދުގެ ޢާއިލާ ބޭފުޅުންނަށް އެމަނިކުފާނަށް ހަފުތާއަކު އެއްފަހަރު ޒިޔާރަތްކުރުމަށްދީފައިވާ ހަނި ފުރުސަތުގެ ތެރެއިންވެސް، އެމަނިކުފާނުގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ބޭފުޅުންނަށް އެމަނިކުފާނާ ބައްދަލުނުކުރެވޭނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން މިއަދުވަނީ އަންގާފައެވެ. މިއީ ރައީސް ނަޝީދާމެދު ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރިކަމުގެ ސިލްސިލާގެ ބޮޅެއްގެގޮތުގައި މެނުވީ ސިފަކުރެވޭކަށްނެތެވެ.

މިއީ ރައީސް ނަޝީދު ކުރިން ހައްޔަރުކޮށްފައި ހުންނެވިއިރު އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ އުސޫލު ހަމަޖެހިފައިވާ އުސޫލާއި ޚިލާފަށް ނިންމާފައި ނިންމުމެކެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ޤައިދީންނާ އެބައިމީހުންގެ ޢާއިލާއާ ބައްދަލުކުރުމަށް އޮންނަ ޢާންމު ހަމަތަކާއި ޚިލާފަށް، ރައީސް ނަޝީދަށް ސީދާ އަމާޒުކޮށް ނިންމާފައިވާ ނިންމުމެއްކަންވެސް މިފުރުސަތުގައި ފާހަކުރަމެވެ.

މީގެކުރިން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ރައީސް ނަޝީދު ޖަލުގައި ބަހައްޓާފައި ހުރިއިރު، އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންނާއި، މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ބޭފުޅުންނަށް އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފުރުތަމަ ދީފައިމެ، އެފުރުސަތުވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންނަށް އެކަނި އޮންނަގޮތަށް ހަނިކޮށްފައެވެ.

ރައީސް ނަޝީދު ގޭބަންދަށް ދާއިމީކޮށް ބަދަލުކުރުމަށްފަހު، 23 އޮގަސްޓު 2015 ގައި ޤާނޫނާ ޚިލާފަށް އެމަނިކުފާނު އަލުން ޖަލަށް ގެންދިޔަ ފަހުން، އެމަނިކުފާނުގެ ޢާއިލާއަށް ސަރުކާރުން ކުރަމުންދާ ތުރާލާއި، ފުރައްސާރައާއި، އުނދަގޫތައްވަނީ ގިނަކޮށްފައިކަންވެސް މިއޮފީހުން ހިތާމަޔާއެކު ފާހަގަކުރަމެވެ.

What do you think?

Name (required) :

Email (required) :

Website :