ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރް.އައި ސްކޭން ލަސްނުކުރައްވައި ހައްދަވައިދެއްވުމަށް އަނެއްކާވެސް އެދިވަޑައިގެންފި

ޑޮކްޓަރުގެ ލަފާގެ މަތިން ރައީސް މުޙާއްމަދު ނަޝީދުގެ އެމް.ޢާރު.އައި ސްކޭން ހައްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަރިހުގައި އަނެއްކާވެސް އެދިވަޑައިގެންފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް ސޮއި ކުރައްވައި މިނިސްޓަރ ޢުމަރު ނަޞީރަށް މިއަދު ފޮނުއްވެވި ސިޓީގައި ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް ރައީސް މުޙައްމަދު ނަޝީދުގެ އެމް.އާރު.އައި ސްކޭން ހެއްދެވުމަށް އެކިފަހަރު މަތިން އެދިވަޑައިގެންނެވި ނަމަވެސް އެ ސްކޭން ހެއްދެވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރައީސް މުޙާއްމަދު ނަޝީދުގެ ސިއްޙީ ކަންކަމުގައި ސަރުކާރުން އިހުމާލު ވަމުންދާ ކަމުގައިވެސް ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

އޮގަސްޓު 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ރައީސް މުޙައްމަދު ނަޝީދަށް ފަރުވާ ދެއްވުމަށްފަހު ޑޮކްޓަރު ލަފާ ދެއްވާފައިވަނީ ގެ ފަދަ ސްޓްރެސް ފްރީ މާޙައުލެއްގައި އަރާމު ކުރެއްވުމަށެވެ. އަދި ދެ ހަފްތާއަށް ފަހު އަލުން އެމް.އާރު.އައި ސްކޭން ހެދުމަށެވެ. އަދި އެމަނިކުފާނަށް އިތުރަށް ދެއްވާނެ ފަރުވާ ދެނެގަނެވޭނީ އެމް.އާރު.އައި ސްކޭން ހެދުމަށްފަހު ކަމުގައި ޑޮކްޓަރު ވަނީ ލަފާ ދެއްވާފައެވެ. ދެ ހަފްތާގެ މުއްދަތު މިމަހުގެ 2 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ޑޮކްޓަރުގެ ލަފާއާއި ޚިލާފަށް 23 އޮގަސްޓު 2015 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އެމަނިކުފާނު އަނބުރާ މާފުށީ ޖަލަށް ބަދަލުކުރައްވާފައެވެ.

What do you think?

Name (required) :

Email (required) :

Website :