ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް،ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން13 އަހަރު ދުވަހުގެ ޙުކުމެއްކޮށް، އެޙުކުމްޖަލުގައި ތަންފީޛުކުރެވެމުން ދަނިކޮށް އެމަނިކުފާނުގެ ސިއްޙީ ހާލު ގޯސްވުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ މައިބަދައިގެ ޚާއްޞަ އޮޕަރޭޝަނެއް ކުރުމަށެވެ. އަދި ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވީ އެ މަނިކުފާނުގެ އާލާސްކަންފުޅާގުޅޭ ގޮތުން ބޭސްފަރުވާ ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށެވެ.

ދިވެހި ސަރުކާރުން 18 ޖެނުވަރީ 2015 ދުވަހު ހުއްދަ ދެއްވުމާގުޅިގެން، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް މަގުފަހިކޮށްދެއްވީތީ ދިވެހި ސަރުކާރަށް ޝުކުރު ދަންނަވަމެވެ.

އަދި އެ މަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ކެނޑިނޭޅި މަސައްކަތްކުރެއްވި ބޭރު އެކި ޤައުމުތަކަށާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް ހެޔޮހިތުން ޝުކުރު ދަންނަވަމެވެ. މީގެ އިތުރުން، އެއްވެސް ވަރުބަލިކަމެއް ނެތި ރައީސް މުޙައްމަދު ނަޝީދުގެ ޙައްޤުގައި މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށާއި، އަވަސް ޝިފާއަކަށް އެދި އެ މަނިކުފާނަށް ހެޔޮ ދުޢާ ކުރައްވައި އެންމެހައި ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :