އޮޕަރޭޝަން ކުރެއްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ލަފާ މިއަދު ރައީސް މުޙައްމަދު ނަޝީދު ހޯއްދަވައިފި

ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ދިވެހި ސަރުކާރުން ހުއްދަ ދެއްވުމާއެކު 20 ޖަނަވަރީ 2016 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގެން، ދިވެހިރާއްޖޭގައި އެމަނިކުފާނަށް ފަރުވާދެއްވާފައިވާ ޑޮކްޓަރުން ލަފާދެއްވާފައިވާ ގޮތުގެ މަތިން އޮޕަރޭޝަން ކުރެއްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ލަފާ މިއަދު ވަނީ ހޯއްދަވާފައެވެ. ފަރުވާއަށް ދުވަސް ނަގާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވެވަޑައިގެންދެއްވި އެހީތެރިކަމަށް ނުހަނު އިޚްލާސްތެރިކަމާއެކު މިފުރުޞަތުގައި އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :