ވަކިވަކި ފަރުދުންގެ ބޭސްފަރުވާއާ ގުޅޭ ގޮތުން އެފަރާތްތަކުންނާއި އެފަރާތްތަކުގެ ޑޮކްޓަރުން ސަރުކާރަށް ފޯރުކޮށްދޭ އެކިއެކި މަޢުލޫމާތާ ގުޅޭ ވާހަކަ އާންމުތަންތާނގައި ދެއްކުމާ ގުޅޭ ނޫސް ބަޔާން

ވަކިވަކި ފަރުދުން އެމީސްމީހުންގެ ބޭސްފަރުވާއާ ގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ސަރުކާރުގެ އެންގެވުމަށް ފޯރުކޮށްދެމުން ގެންދެއެވެ. އަދި އެމީސް މީހުންގެ ޑޮކްޓަރުން މެދުވެރިކޮށްވެސް އެމައުލޫމާތު ސަރުކާރަށް ފޯރުކޮށްދެމުން ގެންދެއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދެމުން ގެންދިޔަ ނަމަވެސް، ސަރުކާރުން އެ މަޢުލޫމާތު އާންމުކޮށް، ހާމަކޮށް ހެދުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އެހެނީ، އެމަޢުލޫމާތަކީ އެ ފަރުދަކާ އެފަރުދެއްގެ ޑޮކްޓަރަކާ ދެމެދު ހިނގާފައި އޮންނަ ޒާތީ މުޢާމަލާތަކަށްވާތީއެވެ. ފަރުދަކު ސަރުކާރަށް އެފަދަ މަޢުލޫމާތެއް ފޯރުކޮށްދެނީ، ސަރުކާރަށްވީތީ އެމައުލޫމާތު ސަރުކާރުން ނަހަމަ ގޮތުގައި ބޭނުން ނުކުރާނޭ ކަމަށް ދެކި ޤަބޫލުކުރާތީއެވެ. އެހެންނަމަވެސް، މިފަހަކަށް އައިސް އާންމު ތަންތަނުގައި ސަރުކާރުގެ އެކި ފެންވަރުގެ ބައެއް ވެރީން އާންމުންނަށް ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް އެފަދަ މަޢުލޫމާތު ހާމަކުރަމުން ގެންދާކަންވަނީ ފާހަގަ ކުރެވިފައެވެ. ޤާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ފަރުދުންގެ ޒާތީ ކަންކަމާ ގުޅޭ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ބުނެފައިވާކަން ހަނދުމަފުޅުކޮށްއަރުވަމެވެ. އަދި ސަރުކާރުގެ ވެރީންގެ ކިބައިން ފެންނާންޖެހޭ އަޚްލާޤީ މިންގަނޑުތައް ނުފެންނަކަމީ ހިތާމަކުރާ ކަމެކެވެ.

What do you think?

Name (required) :

Email (required) :

Website :