ޑިމޮކްރަސީއާއި ހެޔޮވެރިކަން ޤާއިމުކުރުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭ ގޮތުން ކޮމަންވެލްތު ޖާރނަލިސްޓްސް އެސޯސިއޭޝަން ކޮންފަރެންސްގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ކޮމަންވެލްތު ޤައުމުތަކުގެ ނޫސްވެރިންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ކޮމަންވެލްތު ޖާރނަލިސްޓްސް އެސޯސިއޭޝަން ކޮންފަރެންސްގެ ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން އަންގާރަދުވަހުގެރޭ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ. މި ޙަފްލާގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނީ ޑިމޮކްރަސީ އާއީ ހެޔޮވެރިކަން ޤާއިމުކުރުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭ ގޮތުންނާއި ކޮމަންވެލްތު ޤައުމުތަކުން ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުންނެވެ.

އަންގާރަދުވަހުގެ ޙަފްލާގައި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ތޮމްސަން ފައުންޑޭޝަންގެ ސީ.އީ.އޯ ނައިޖެލް ބޭކާއާއި ރޯޓަރީ ބްރިޓަން އެންޑް އަޔަރލެންޑްގެ ރައީސާ އީވް ކޮންވޭ އަދި ކޮމަންވްލެތް ޖާރނަލިސްޓް އެސޯސިއޭޝަންގެ ރައީސާ ރީޓާ ޕޭން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިހަފްތާގެ ތެރޭގައި ކުރިއަށްދާ ކޮމަންވެލްތު ޖާރނަލިސްޓްސް އެސޯސިއޭޝަން ކޮންފަރެންސްގެ މައިގަނޑު ތީމަކީ “ފިއުޗަރ އޮފް ޖަރނަލިޒަމް އިން ދަ ޑިޖިޓަލް އޭޖް” އެވެ.

What do you think?

Name (required) :

Email (required) :

Website :