ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްގައި މެޑިކަލް ޕްރޮސީޖަރއެއް މިއަދު ހައްދަވާނެ

ބޭއިންސާފުން ޝަރީޢަތްކޮށް، ޙުކުމް ތަންފީޛުކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް 18 ޖަނަވަރީ 2016 ވަނަ ދުވަހު ސަރުކާރުން ހުއްދަ ދެއްވުމާ ގުޅިގެން، އިނގިރޭސިވިލާތަށް ވަޑަގަތް، އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ލަފާގެ ދަށުން އެމަނިކުފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. މިގޮތުން، ރައީސް މުޙައްމަދު ނަޝީދު ހޯއްދަވަމުން ގެންދަވާ ފަރުވާގެ ތެރެއިން ހޭނައްތައިގެން ހައްދަވަން ޖެހިވަޑަގަންނަވާ މެޑިކަލް ޕްރޮސީޖަރއެއް މިއަދު އެމަނިކުފާނު ފަރުވާ ހޯއްދަވަމުންގެންދަވާ އިނގިރޭސިވިލާތުގު ހޮސްޕިޓަލްގައި ހައްދަވާނެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިއަދު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތީ، އެމަނިކުފާނަށް ހެޔޮ އެދޭ އެންމެހައި ލޮބިވެތި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :