ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނީވާއަށް ވަޑައިގަންނަވައިފި

ޖެނީވާގައި މިހާރު ކުރިއަށްދާ 9 ވަނަ ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނިވާއަށް އާދީއްތަ ދުވަހު ވަޑައިގަންނަވައިފިއެވެ.

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންސާނީ ޙައްޤުތަކާ ގުޅޭ މި ސަމިޓުގައި އެކިއެކި ޤައުމުތަކުގެ ސިޔާސީ ކުށްވެރިންނާއި އިންސާނީ ޙައްޤުތަކަށް މަސަައްކަތްކުރައްވާ މުހިއްމު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ސަމިޓުގައި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ތުރުކީ، ރަޝިޔާ، ވެނެޒުއޭލާ، އީރާން، ވިއެޓްނާމް، ޓިބެޓް، ކޮންގޯއާއި ހައްދުފަނަޅާފައިވާ އިސްލާމިކް ސްޓޭޓްގެ ޝިކާރައަަކަށްވި ޝިރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ސަމިޓުގައި އަންގާރަ ދުވަހު ޖެނީވާ ސަމިޓުގެ ހިއްވަރުގަދަ އެވޯޑު ރައީސް މުޙައްމަދު ނަޝީދަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުންނާއި އެމަނިކުފާނުގެ މަސައްކަތްޕުޅާއި ޚުދުމުހުތާރު ވެރިކަމާ އަނިޔާވެރިކަމާ ގުޅޭ ގޮތުން ރައީސް މުޙާއްމަދު ނަޝީދު ތަޤްރީރުކުރައްވާނެއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ޖެނީވާގައި މަސައްކަތްކުރައްވާ އެކިއެކި ޤައުމުތަކުގެ ސަފީރުންނާއި އދ.ގެ އެކިއެކި ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

What do you think?

Name (required) :

Email (required) :

Website :