އިންސާފްގެ ދަތުރު މެކުހަށް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނިންމެވުންތައް ސުޕްރީމް ކޯޓުން ނާޖާއިޒްގޮތުގައި ބާތިލުކޮށް އެ މަޖިލީހުގެ ބާރުތަކާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާތީ، އެކަމާއި އިޚްތިޖާޖް ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިއަދު މާލޭގައި ބޭއްވި ސުލްޙަވެރި މުޒާހަރާގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މާލޭގެ އުސްފަސްގަނޑު ސަރަޙައްދުން ފެށި މި މުޒާހަރާގައި އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި އަދި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އިންޞާފަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ މި އެއްވުމުގައި ބައިވެރިވެފައެވެ. މިއަދުގެ މި އެއްވުމުގައި ސްޕްރީމްކޯޓު ހުންނަ ސަރަޙައްދަށް އެއްވުމުގެ ބައިވެރިން މަޑުކޮށް، އެކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަށާއި އަދި ރާއްޖޭގައި އިންސާފު ޤާއިމްކުރުމަށް އެދި އަޑުއުފުލާފައިވެއެވެ. ކޯޓުގެ މަސައްކަތާއި ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާކޮށް އިޚްތިޖާޖް ކުރަން ނިންމާފައިވަނީ 17 މާރޗް 2013ގައި ބޭއްވުނު ޕާޓީގެ 115 ވަނަ ޤައުމީ މަޖިލީހަށް ހުށަހެޅުނު ޤަރާރް ފާސްވުމާއި ގުޅިގެންނެވެ

What do you think?

Name (required) :

Email (required) :

Website :