ބައިނަލްއަޤްވާމީ އާއިލާގައި ރާއްޖެ ހިމެނި އޮތުން މުހިންމުކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

 

ބައިނަލްއަޤްވާމީ އާއިލާގައި ރާއްޖެ ހިމެނި އޮތުން މުހިންމުކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގައި މިއަދު އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށް ވަޑައިގެން އެރށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ތިބި ފަރާތްތަކުން ބައިނަލްއަޤްވާމީ މުޖްތަމަޢުއާ އެކަހެރިވަމުންދާކަމަށެވެ. އެގޮތުން، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވާނަމަ، އެ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލުއުފެދޭނެކަމަށް ބުނެ، ޔޫރަޕްގެ އިއްތިހާދުގެ ފަރާތުން ދާދިފަހުން ނެރުނު ބަޔާން، ޤަބޫލުނުކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ އެކަމަށް ރައީސް ނަޝީދު އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިޚާބު ސައްހަނޫންކަމަށް އީޔޫ ފަދަ ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުން ހާމަކުރުމަކީ، އިންތިޚާބަށްފަހު އޮންނާނެ ސަރުކާރު ޤަބޫލުނުކުރާނެ ވާހަކަކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ނުހަނު ގެއްލުން މެދުވެރިވާނެ ހާލަތެއްކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކާއެކު ހަރުދަނާ ގުޅުންތަކެއް ޤާއިމްކުރެއްވުމަށް މިހާރުވެސް މަސައްކަތްޕުޅުކުރައްވަމުން ގެންދަވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް، ދިވެހި ރައްޔިތުންނަށް ލާބަހުރި މަގަށް އެގުޅުންތައް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ

What do you think?

Name (required) :

Email (required) :

Website :