ކެނެޑާ ސަރުކާރުން ކޮމަންވެލްތައް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރައީސް ނަޝީދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް ކެނެޑާ ސަރުކާރުން ކޮމަންވެލްތައް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހިއު ސިގާލްއާ މިއަދު އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި އޮތް މިބައްދަލުވުމުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއު ސިގުއަލްއަށް ވަނީ ދެއްވާފައެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް މިހާރު ހިންގާ ޝަރީޢަތާ ގުޅޭ މައުލޫމާތުވެސް، ކެނެޑާގެ މަންދޫބު ހިއު ސިގާލްއަށް ވަނީ ދެއްވާފައެވެ. މި ބައްދަލުކޮށްލެއްވުމުގައި، ހިއު ސިގާލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ ހުރިހާ ކެނޑިޑޭޓުންނަށްވެސް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކޮމަންވެލްތްގެ ތެރެއިން ކެނެޑާ ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ

މިއަދުގެ މިބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުއާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރުއާއި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް ބައިވެރިވެވަޑައިގަތެވެ

What do you think?

Name (required) :

Email (required) :

Website :