އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއި ގަދަރާއެކީގައި މި ރާއްޖޭގައި ވެރިކަން އުފައްދަންކަމުގައި، ރައީސް ނަޝީދު ވިދާޅުވެއްޖެ

އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއި ގަދަރާއެކީގައި މި ރާއްޖޭގައި ވެރިކަން އުފައްދަންކަމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް  ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ވައުދާ ހިނގުމުގެ” ކެމްޕެއިންގެ ދަށުން ރޭ ހުޅުހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމަކަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ނިމިގެން ދާއިރު، ބޯހިޔާވަހިކަމަށް ބޭނުންވެގެން ކިއު ހަދައިގެން ތިބެން ނުޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައި ދިނުމަކީ، އެމްޑީޕީގެ ސިޔާސަތެއްކަމަށާއި، މިރާއްޖެ ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް، “މެޓައެއްހާ ފަސޭހަ” ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރޭގެ ބައްދަލުވުމުގައި، ފަނޑިޔާރުގޭގައި ހިނގާ ނާއިންސާފު ބައެއްކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ވަކީލެއްގެ ގާތުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ރައީސް ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމަށް ހުރަސްއެޅުއްވުމުގެ ގޮތުން އެމަނިކުފާނާ ދެކޮޅަށް ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް އެދިފައިވާކަން އެ ވަކީލު ލިޔުމުން އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި އެމައްސަލަ ނުބައްލަވާ “ފަނޑިޔާރުގެއޭ” ކިޔައިގެން ވާހަކަދައްކަވާނެކަމެއް ނެތްކަމަށެވެ. އަދި އެމައްސަލަ އުއްތަމަ ފަނޑިޔާރަށް ޖެހިވަޑައިގަންނަވާނީ ބައްލަވަން ކަމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް އެ ފަނޑިޔާރު ހޯއްދަވައި އޭނާގެ އަތުން ފަނޑިޔާރުކަން ނެގުން ވަރަށް މުޙިންމުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެތަކުގައި އިންސާފުން އެއް ފަރާތަށް ޖެހިގެން ތިބުމަށް ރާއްޖޭގެ ޤާނޫނުތައްވެސް ތަންނުދޭކަމަށެވެ

ރޭ ބޭއްވި ހުޅުހެންވޭރު ދާއިރާގެ “ކަންމަތީ ބައްދަލުވުން” ގައި އެދާއިރާގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުއާއި، މާލޭ ސިޓީގެ މޭޔަރ މައިޒާން އަލި މަނިކުއާއި އައި ހުޅުހެންވޭރު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ. ހުޅުހެންވޭރު ދާއިރާގެ “ދޮރުން ދޮރަށް” ކެމްޕެއިން އިއްޔެ ރައީސް ނަޝީދު ފައްޓަވައިދެއްވާފައިވާއިރު މިއަދު ހެނދުނުވެސް، ހުޅުހެންވޭރު ދާއިރާގެ “ދޮރުން ދޮރަށް” ހިނގުމުގެ ކެމްޕެއިން ރައީސް ނަޝީދުއާއި އެކު ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ

What do you think?

Name (required) :

Email (required) :

Website :