އ.ދގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ސީނިއަރ ޕޮލިޓިކަލް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން، ރައީސް ނަޝީދުގެ އަރިހަށް، މިއަދު އިޚްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އ.ދގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ސީނިއަރ ޕޮލިޓިކަލް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް، މިއަދު އިޚްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ. އެމްޑީޕީީގެ ސެކްރެޓޭރިއޭޓްގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ރާއްޖެއާ މެދު ބެއްލެވުން މިހާރަށްވުރެ ބޮަޑަށް އިތުރުކޮށްދެއްވުމަށް ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންނެވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން، ރާއްޖެއަށް ޑިމޮކްރަސީ ރުޖޫޢަކުރެއްވުމަށާއި ޑިމޮކްރަސީ ދެމެހެއްޓެވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން  ވަރަށްވެސް މުޙިންމުވެފައިކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އަދި ސިޔާސީ ޕާޓީތަކުން ކަނޑައަޅާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ އިންތިޚާބަކަށް ހެދުމަށް، ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުން މަސައްކަތްކޮށްދެއްވުމަށްވެސް، ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންނެވިއެވެ

އ.ދގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ސީނިއަރ ޕޮލިޓިކަލް އޮފިސަރ މިސްޓަރ ހިޓޯކީ ޑެން، ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކުރިން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ

މި  ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކުއާއި، ރައީސް މުޙަންމަދު ނަޝީދުގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދް އަބްދުލް ޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ

What do you think?

Name (required) :

Email (required) :

Website :