އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި ރައީސް ނަޝީދު މާލެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގައި މާލެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނާއެކު އެމްޑީޕީގެ ކެމްޕެއިން ޓީމް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ހުރައަށެވެ. އެރަށުގައި ރައީސް ނަޝީދު ގެސްޓްހައުސްއެއް ހުޅުއްވައި ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ހުރާގައި ތިބި ރައީސް ނަޝީދުގެ ކެމްޕެއިން އޭޖެންޓުންނާއެކު މަސައްކަތު ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން އެރަށުގެ އެމްޑީޕީގެ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުރާއަށް ފަހު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ދިއްފުށްޓަށެވެ. ދިއްފުށީގައި އެރަށުގެ ބަނދަރު ރަސްމީކޮށް ރައީސް ނަޝީދު ހުޅުއްވައި ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އެންމެ ފަހުގެ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅުގެ ވެރިކަން ކުރާ ރަށް ތުލުސްދޫއަށެވެ. ތުލުސްދޫގައި މިއަދު ހަވީރު ދެ ގެސްޓް ހައުސް އެމަނިކުފާނު ހުޅުއްވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގައިވެސް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ތުލުސްދޫގެ ރައްޔިތުންނާއި އަދި އެރަށުގެ އެމްޑީޕީގެ މެންބަރުންނާ ރައީސް ނަޝީދު ބައްދަލުކުުރައްވާނެއެވެ.

މީގެ އިތުރުން، މިރޭ ނުވައެެއް ޖަހާއިރު، ތުލުސްދޫގައި އެމްޑީޕީގެ އާންމު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.
މާލެ އަތޮޅުގެ ތިން ރަށަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަންނަވާނީ މާދަވާ ހެނދުނުއެވެ

What do you think?

Name (required) :

Email (required) :

Website :