ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ އެނބުރި މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ. ރައީސް މުޙަންމަދު ނަޝީދު މި ދެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފާދިއްޕޮޅުން ހިންނަވަރު، އޮޅުވެލިފުށި، ނައިފަރު، ކުރެންދޫ އަދި މާފިލާފުށްޓަށް ވަޑައިގެންނެވިއެވެ. އަދި މާޅޮސްމަޑުލު ދެކުނުބުރިން ކުޑަރިކިލު، ކިހާދޫ، ކަމަދޫ, ދޮންފަނު، އަދި ދަރަންވަންދޫއަށް ވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް މިރަށްރަށުގައި އެމަނިކުފާނު ކުރިއަށް ގެންދެވިއެވެ

What do you think?

Name (required) :

Email (required) :

Website :