ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް މިއަދު ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމްޑީޕީއިން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން މިއަދު ރައީސް ނަޝީދު ވެލިދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ވެލިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ އަދި އެމްޑީޕީގެ ސަޕޯޓަރުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ނ.ވެލިދޫގައި މިސްކިތެއްވެސް ހުޅުވައިދެއްވާފައެވެ. އަދި އަމިއްލަ ފަރާތަކުން ވެލިދޫގައި ތަރައްޤީކޮށްފައިވާ 2 ގެސްޓްހައުސް އެމަނިކުފާނު ހުޅުވައިދެއްވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ހިންގާ ކުރިއެރުވުމަކީ ކުރިއަށް އޮތް އެމްޑީޕީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ރައީސް ނަޝީދު ވެލިދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އެރަށުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތު ބައްދަލުވުމެއްވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެ އިތުރުން މިރޭ ވެލިދޫގައި ބާއްވާ އެމްޑީޕީގެ ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :