ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީގެ ދެ ރަށަކަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު އެނބުރި މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިލަދުންމަޑުލު ދެކުނުބުރީގެ ދެ ރަށަކަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެރަށު ކެނދިކުޅުދޫއަށެވެ. ކެނދިކުޅުދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތު ޤައުމީ ފެންވަރުގައި އެރަށުގައި އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެރަށުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ޙަރަކާތްތައްވެސް ކުރިއަށް ގެންދެވިއެވެ. އެއަށްފަހު، އެމަނިކުފާނު ދެން ވަޑައިގަތީ ވެލިދޫއަށެވެ. ވެލިދޫއަށް ވަޑައިގެން އެރަށުގައިވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ. އަދި އެރަށުގައި ބިނާކޮށްފައިވާ މިސްކިތެއްކަމުގައިވާ މަސްޖިދުއް ތަޤްވާ ރައީސް ނަޝީދު ރަސްމީކޮށް ހުޅުވައިދެއްވިއެވެ. އަދި އަމިއްލަ ފަރާތަކުން ތަރައްޤީކޮށްފައިވާ ދެ ގެސްޓްހައުސްވެސް ރައީސް ނަޝީދު ވެލިދޫގައި ހުޅުވައިދެއްވިއެވެ. އެމަނިކުފާނު ކެނދިކުޅުދޫއަށާއި ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީއަށް އެ ރަށްރަށުގައި އޮތް ތާއީދު ވަނީ އިތުރުވެގެން ގޮސްފައެވެ. މީގެ ހެއްކެއްގެ ގޮތުން މިދެ ރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެމްޑީޕީއާ ގުޅިފައެވެ.

What do you think?

Name (required) :

Email (required) :

Website :