ފުވައްމުލަކާއި އައްޑޫ ސިޓީގައި ގައި އެމްޑީޕީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުވައްވުލަކަށް ވަޑައިގެންފި

ފުވައްމުލަކާއި އައްޑޫ ސިޓީގައި އެމްޑީޕީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުވައްވުލަކަށް ވަޑައިގެންފިއެވެ.
މިއަދު ހަވީރު، ފުވައްވުލަކަށް ރައީސް ނަޝީދު ވަޑައިގަތުމުން، އެރަށުގެ އެތައް ހާސްބަޔަކު ފުވައްމުލަކު އެއަރޕޯޓުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީއިން ވަނީ ފުވައްމުލަކާއި އައްޑޫ ސިޓީގައި އެމްޑީޕީގެ ޤައުމީ ފެންވަރުގެ ޖަލްސާތަކެއް ބޭއްވުމަށް ނިންމަވާފައެވެ.
ރައީސް މުޙަންމަދު ނަޝީދު މިއަދު ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ވަނީ “ދޭތިން ފަހެތި” ވަރކްޝޮޕް އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން ފުވައްމުލަކު މިސްކިތް މަގު “އުސްފަސްގަނޑު” ގައި މިރޭ އޮންނަ ޤައުމީ ފެންވަރުގެ ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދުއާއި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންނާއި އަދި އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.

1 comment
  1. މުޙައްމަދު ޝިހާން / April 26, 2013

    މަނިކުފާނުގެ ތާޢީދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން، އަސްލަކީ ބަޣާވާތް ކުރުމާއި، ވެރިކަމުގެ މަދުދުވަސްކޮޅުގައި ކޮށްދެއްވި ޚިދުމަތުގެ ސަބަބުން ކަން ޔަޤީން

    Reply
What do you think?

Name (required) :

Email (required) :

Website :