ރައީސް ނަޝީދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވައިފި

“އެމްޑީޕީ އެއްބުރުން” ޤައުމީ ފެންވަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުން އެމަނިކުފާނަށް ވަރަށް ގިނަ ބަޔަކު ވަނީ މަރުޙަބާ ދަންނަވާފައެވެ.

އައްޑޫ ސިޓީއަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅުގައި، އެސިޓީގެ ބައެއް ރަށްރަށުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ޙަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ.

“އެމްޑީޕީ އެއްބުރުން” ޤައުމީ ފެންވަރުގެ ޖަލްސާ އޮންނާނީ މިރޭ ނުވައެއް ޖަހާއިރު ހިތަދޫ ސްޓޭޖް ސަރަޙައްދުގައެވެ. މި ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.

1 comment
  1. މުޙައްމަދު ޝިހާން / April 27, 2013

    މަސައްކަތުން ރިޔާސީ އިންތިޚާބު ކާމިޔާބު ވަންޏާ ރައީސް ނަޝީދު އަށް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ. މަސައްކަތް ކުރާނީ އަޅުން ނިންމަވާ ދެއްވާނީ އެކަލާގެ ހަޒްރަތުން. ބަޣާވާތުގެ އަހުލުވެރިން ކޮންމެވެސް ގޮތަކުން ރައީސް ނަޝީދު ހައްޔަރު ކުރެވޭތޯ އަދިވެސް މަސައްކަތް ކުރާނެ! ދުނިޔޭގެ ސަމާލުކަމަށް އަދިވެސް ބޮޑަށް މިކަންތައް ގެންނަން ފެނޭ!

    Reply
What do you think?

Name (required) :

Email (required) :

Website :