ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގަމުން ގެންދާ ޝަރީޢަތުގެ ޤަޟިއްޔާ ބެއްލެވުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފަނޑިޔާރުންގެ ބެންޗްގެ މައްސަލައާ ގުޅޭ ގޮތުން، ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަައަޅުއްވާފައިވާ މައްސަލައިގެ އަޑު އެހުމެއް އަންނަ މެއި މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހައިކޯޓުން ތާވަލްކުރައްވައިފިއެވެ.
ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅުއްވާފައިވަނީ، ހުޅުމާލޭ ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް ހިންގާ ޝަރީޢަތުގެ ޤަޟިއްޔާ ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅުއްވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
1 comment
މުޙައްމަދު ޝިހާން / May 1, 2013
ހައިކޯޓުގެ ޙުކުމްތައްވެސް މިހާރަކަށް އައިސް ބަދަލުވެގެން އަންނަ ގޮތް ހިތައްވެސް ނުގެނެވޭހާ ތަފާތު! ކީއްކުރާނީ އެއްވެސް އިތުބާރެއް ނެތް ތިތަންތަނަކަށް. ކީއްކުރާނީ ދޫންޏެއް ނުލިބިގެން އުޅޭމީހަކަށް ކާޅެއް ލިބުނަސް އޯކޭވާ ފަދައިން، އިންސާފުވެރި ކޯޓެއް ނުލިބިގެން އުޅޭބަޔަކަށް ވީދިފަ އޮތް ސޯޓެއްވެސް ޖެހޭނީ ޤަބޫލުކުރަންތާ! އަޅެ ހިނގާ ވާއެއްޗެއް ބަލަން ތިބެމާ!