އަޅުގަނޑުމެން އެދެނީ އަދަށްވުރެ ވަކިން މާ ރަނގަޅު މާދަމާއެއް ލިބުން – ރައީސް ނަޝީދު

އަޅުގަނޑުމެންނަށް އަދަށްވުރެ ވަކިން މާ ރަނގަޅޑު މާދަމާއެއް ލިބުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ އެމްޑިޕީގެ ސިޔާސަތު އިފްތތާޙް ކޮށްދެއްވުމަށް ގދ. ތިނަދޫއަށް ވަޑައިގަތުމަށްފަހު ގދ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައިޔިތުންނާއި ބައްދަލު ކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އަޅުގަނޑުމެން އެދެނީ ބޯހިޔާވަހި ކަމަކަށް. އަޅުގަނޑުމެން އެދެނީ ވަޒީފާގެ ފުރުޞަތަކަށް. އަޅުގަނޑުމެން އެދެނީ ދަރިންނަށް ތަޢުލީމް ދިނުމަށް. އަޅުގަނޑުމެން މި އެދެނީ އަޅުގަނޑުމެންގެ ހަލާލު މަސައްކަތުން ރިވެތި ގޮތުގައި ދިރިއުޅެވޭނެ ގޮތެއް ލިބުމަށް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ވުމަށް. މަސައްކަތުގެ ފުރުޞަތު އަޅުގަނޑުމެން އެންމެނަށްވެސް ލިބުން” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ތަރީޚީ ގޮތުން ވާދޫއަށް އަލިއަޅުއްވާ ލައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވާދޫއަކީ ރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށާއި ޝައިޙް މުޙައްމަދު ޖަމާލުއްދީން، ވާދޫ ދަންނަ ކަލޭފާނުގެ ރަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވީމާ 30 އަހަރު ޢިލްމު ލިބުމަށް ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އަނެއްކާވެސް ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ނޫރު ފާޅުކުރައްވަން ފެއްޓެވި ބޭކަލަކީ ވާދޫ ދަންނަ ކަލޭފާނު ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި މިރޭ ލިބޭ އުފަލަކީ ވާދޫ ދަންނަ ކަލޭފަނުގެ ރަށުގައި ވާދޫގެ ރައްޔިތުންނާއި މުހާޠަބްކޮށް ވާހަކަ ދެއްކޭތީ ކަމަށް ވިދާޅުވި އެވެ.

ގަބުޅި ތާނައިން ތާނަ އަކުރު އަކުރެއްގެ ގޮތުގައި ތިވެހިބަހަށް ތަޢާރަފް ކޮށްދެއްވި ދަންނަ ބޭކަލަކީ ވާދޫ ދަންނަ ކަލޭފާނު ކަމަށާއި ވާދޫ ދަންނަ ކަލޭފާނަކީ މާތް ރަސްކަނލާގެއަށް އަޅުކަން ކުރެއްވުމަށް ގިނަ ވަގުތު ހޭދަ ކުރެއްވުމަށް މާލޭގެ ވެރިކަމުގެ ކޮއިލު ދޫކުރައްވާ ވާދުއަށް ވަޑައިގެންނެވި ޞާލިޙް ދަންނަ ބޭކަލެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވާދޫގައި އަދިވެސް އެރޫޙާއި އެ އެތަޢުލީމް އެބައޮތްކަން ކަމަށާއި އެ އުއްމީދު އެބަހުރިކަމެވެ.

މިޖަލްސާގައި މަސައްކަތްތެރިންގެ މުހިއްމު ކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެގައި މަސައްކަތްކުރާ ވަޒީފާ އަދާކުރާ ލައްކަ އަކަށްވުރެ ގިނަ މީހުން އުޅޭ ކަމަށާއި އަދި ސީދާ ވަޒީފާއެއްގައި ނެތްނަމަވެސް ދާއިމީ މަސައްކަތެއް ހިންގާ އެއްލައްކަން ފަންސާސް ހާހަށްވުރެ ގިނަ މީހުން ރާއްޖޭގައި އުޅޭ ކަމަށެވެ. މި ގިނަ ރައްޔިތުންނަކީ ވާދޫ ދަންނަ ކަލޭފާނުގެ ޒަމާނުއްސުރެ ފަށައިގެން ނޯ ކިރީންގެ ގޮތުގައި ތާށިވެފައި ތިބޭ ބައެއް ކަމަށާއި ގެންގުޅޭ މީހުންގެ ގޮތުހައި އާއްމުވެފައި، ދަންނަ ބަސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ “މިއަދު އަޅުގަނޑުމެންނަ ޖެހިފައި މިވަނީ އެނޯކަރުންގެ މަޤާމު އަޅުގަނޑުމެންގެ މަސައްކަތްތެރިންގެ ގައިން ނެގި، އެމީހުންނަކީ އެމީހުންގެ ހަލާލު މަސައްކަތުން މަސައްކަތް ކުރާ ޝަރަފްވެރި ޤަދަރުވެރި މަސައްކަތްތެރިންނަށް ހެދުމަށް” ކަމަށެވެ. އަދި އެމީހުންގެ ހައްޤުތައް އަޅުގަނޑުމެން ހޯދައިދޭން ޖެހޭ ކަމަށާއި ރާއްޖޭގެ ތަރައްޤީ ގުޅިފައި އޮތީ މަސައްކަތް ތެރިންގެ މަސައްކަތާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިސޯޓްތައް ހިނގަނީ މަސައްކަތްތެރިން މަސައްކަތް ކުރާތީވެ. ދޯނިފަހަރު ދުވަނީ މަސައްކަތްތެރިން މަސައްކަތް ކުރާތީވެ. މަދަރުސާގައި ކިޔަވައިދެނީ، ފުލުހުންނާއި ސިފައިން އުޅެނީ، އަދި އަޅުގަނޑުމެންގެ ހުރިހާ ކަމެއް ހިނގަނީ މަސައްކަތް ތެރިން މަސައްކަތް ކުރާތީ ކަމަށް ވިދާޅުވިއެއެވެ. މުއްސަނދިން އެތިބީ ނުވަތަ ވިޔަފާރި ވެރންނަކީ މަސައްކަތް ތެރންގެ ސަބަބުން އުފެދިފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހުށަހަޅަނީ މަސައްކަތް ކުރާ ކޮންމެ މީހަކަށް އެއީ ކުޑަ ވިޔަފާރިއެއް ނޫން ކޮންމެ ތަނެއްގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ހަތަރުހާސް ފައްސަތޭކަ ރުފިޔާ އުޖޫރައެއްގެ ގޮތުގައި މަދުވެގެން ލިބެންޖެހޭނެ ކަމަށެވެ. “މި އުޖޫރަ މިގޮތަށް ކަނޑަ އެޅުނީމާ ދެކަމެއް އެބަ ހާޞިލް ކުރެވޭ. އެއްކަމަކީ ދިވެހި މީހާގެ ހަމަ އަގު ހަމަ އަގަށް އެބަގެނެވޭ. މިއަދު އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތް އެއް ހާލަތަކީ ދިވެހިންނަށް އަދާކުރެވެން އޮތް ބާވަތުގެ ވަޒީފާ ރާއްޖޭގައި މިއަދު ވަރަށްގިނަ ބިދޭސީން އަދާކުރޭ. ބިދޭސީންނަށް މި ވަޒީފާގެ ފުރުޞަތު ފުޅާވެގެން ދަނީ އަގު ހެޔޮކަމުން. އަޅުގަނޑުމެން ގެންގުޅޭ ނޯކިރީންގެ ގޮތުގައި ކުޑަކުޑަ އެއްޗެއް ދީގެން ޚަރަދު ކުޑަ ގޮތެއްގައި ދެރަ ގޮތެއްގައި ގެންގޫޅެ އެމީހުންލައްވާ މަސައްކަތް ކުރުވަމުން ގެންދާތީވެ. ދިވެހިންގެ އަގު ބޮޑުކަމަށް ބައެއް ވިޔަފާރި ވެރިންނަށް ފެންނަމުން ދާތީވެ” ކަމަށެވެ. ހަތަރުހާސް ފައްސަތޭކަ ރުފިޔާގެ އުޖޫރައެއް ދިވެއްސަކަސް ބިދޭސީއަކަސް ދޭން ޖެހުނީމާ އެ ބިދޭސީ މީހާގެ ޚަރަދު ދިވެހި މީހާއަށް ލިބޭގޮތް ވާނެކަމަށާއި އަދި ދިވެހި މަސައްކަތް ތެރިޔައަށް އޭގެ ސަބަބުން މަސައްކަތުގެ ފުރުޞަތު ވަޒީފާގެ ފުރުޞަތު އިތުރު ވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފައިދާ ހުރީ ޓުއަރިޒްމްގެ ވިޔަފާރިގައި ކަމަށާއި އެ ވިޔަފާރީގައި މަސައްކަތް ކުރާ 25 ހާސް ދިވެހިން އެވަޒީފައިގައި އުޅޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ. މި އެންމެހާ ދިވެހިން އެ މަސައްކަތް ކުރަމުން އެދަނީ އެމީހުންގެ އަނބި ދަރންނާ ދުރުގައި، ނޯކިރީ ބަންދުގައި ފަޅު ރަށްރަށުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޓްއަރިޒަމް ދާއިރާގެ މަސައްކަތް ތަކުގައި އުޅޭ ވަރަށް ގިނަ މީހުންނާއި ދިމާވެ ހާލުއަހުވާލު އޮޅުންފިލުވައި ވާހަކަ ދެއްކޭ ކަމަށް ރައީސް ނަޝީދު ވިދާޅވިއެވެ. އަދި ހުރިހާ މީހުންވެސް ބޭނުންވަނީ އަނބިދަރިން ކާރީގައި ދިރިއުޅެވޭނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވިއެވެ. އަދި އާއިލާގެ މީހަކަށް ކޮންމެ ގޮތެއްވިޔަސް ފޯނުކޯލަކުން ގުޅާލެވޭނެ ގޮތެއްނޫން ގޮތެއް އެފަރާތްތަކަށް ނޯންނަ ކަމަށް ވިދާޅުވިއެވެ.

“އެމްޑީޕީން މިފަހަރު ހުށަހަޅާ އެއް ސިޔާސަތަކީ މަސައްކަތް ކުރާ ރަށާއި އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށެއްގައި ބޯހިޔާވަހި ކަމުގެ ފުރުޞަތު އެމީހުންށް އިރާދަ ކުރެއްވިއްޔާ އެމީހުންނަށް ހޯދާދިނުން” ކަމަށް ރައސް ނަޝީދު ވިދާޅުވިއެވެ. މި ދެންނެވި ބޯހިޔާވަހި ކަމުގެ ފުރުބަތަކީ ފުލެޓެއް ލިބުން ކަމަށާއި އެ ބޯހިޔާ ވަހި ކަމަކީ ދިގު މުއްދަތުގައި ފައިސާ ދައްކާ ޙަލާޞް ކުރާ އުޞޫލުން މިލްކު ކުރެވޭނެ ބޯހިޔާ ވައްސެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސައްކަތް ތެރިންނަށްޓަކައި ކަނޑައަޅާ އިތުރު ސިޔާސަތަކީ ދަތުރު ފަތުރު ކުރުމުގެ ނިޒާމް ފުޅާކޮށްދިނުމާއި ފަޅު ރަށްރަށް ގުޅުވާލަ ދިނުމުގެ ތެރެއިން ދަތުރު ފަތުރުގެ ނިޒާމުން ހުރިހާ ރަށެއް ގުޅުވާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސާރވިސް ޗާޖްގެ މައްސަލައަކީ ރިސޯޓް ތަކުގައި މަސައްކަތް ކުރާ ކުދިންނަށް ވަރަށް ގިނަކުދިންނަށް ދިމާވާ މަސައްލައެއް ކަމަށާއި އޯވަރ ޓައިމްގެ މައްސަލައަކީ ސިވލް ސަރވަންޓްގެ ގޮތުގައި މަސައްކަތް ކުރާ މުވޒަފުންނަށް ދިމާވާ މައްސަލަ އެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ސިޔަސަތެއްގެ ގޮތުގައި ހުށަހަޅަނީ އިރާދަ ކުރެއްވިއްޔާ ސަރވިސް ޗަރޖް ދިނުމަށް އަދި އޯވަރ ޓައިމް ދިނުމާއި މި ދެކަންތައް ޕޭ ކޮމިޝަން މެދުވެރިކޮށްގެން ރަނގަޅަށް ބެލެހެއްޓި ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް މީހުނަށް އެ ލިބިގެންދާ މިންވަރަށް ހޯދައި ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސައްކަތްތެރީންގެ ތެރެއިން އަދި ވަރަށް ޚާއްޞަކޮށް އަންހެން ބޭފުޅުންނަށް މަސައްކަތަށް ނުނިކުމެ ތިބުމަށް އެންމެ ބޮޑު އެއް ސަބަބަކީ މަސައްކަތަށް ނުކުންނަށް ވަކި ގަޑިއެއް ހަމަޖެހިފައި އޮންނަ އޮތުން ކަމަށެވެ. އަދި އެމްޑިޕީން ހުށަހަޅާ ސިޔާސަތް ތަކުގެ ތެރޭގައި ފްލެކްސިޓައިމް ނުވަތަ އެކިއެކ ގަޑިގަޑިގައި މީހުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ގޭތެރޭގައި ތިބި ގިނަ އަންހެނުންނަށް މަސައްކަތައް ނުކުމެވޭނެ ގޮތެއް އެމްޑިޕީގެ ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި އެމްޑިޕީގެ ސަރުކާރުން ހޯއްދަވައި ދެއްވާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވާދޫގެ ބިމަކީ މިވާދޫގެ ރައްޔިތުންގެ މިލްކެއް ކަމަށާއި އަދި މާލޭގައި ހުރި މީހެއްގެ ޖީބަށް އެއް ޙައްޤު ލުމުގެ އެއްވެސް އިޚްތިޔާރެއް ޙައްޤެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން ލާމަރުކަޒީ އުޞޫލު މިރާއްޖެއަށް ތަޢާރަފްކުރީ މި ސަބަބަށްޓަކައި ކަމަށާއި މި ވާދޫގެ ބިމަކީ މިވާދޫގެ މުއްސަނދިކަމަށް ޓަކައި މިވާދޫގެ ރައްޔިތުންގެ އެއްޗަކަށް ހެދުމައްކަށް ވިދާޅުވިއެވެ. އަދި ވާދޫގައި ސިޓީ ހޮޅާ އަޅާނެ ބިން ކައުންސިލްގެ ފަރާތުން ކަނޑައަޅާ އެތަން ހިންގުމުގެ ހުއްދަ ވާދޫގެ ރައްޔިތުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވާދޫގެ ފުރިހަމަ މުއްސަނދިކަން ވާދޫގެ ރައްޔިތުން ހޯއްދެވުމަށްވެސް ރައސް ނަޝދު އެދިވަޑައިގެންނެވިއެވެ. އަދި ވާދޫގައި އެމްޑީޕީ ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫޢުތައް އިރާދަ ކުރެއްވިއްޔާ ބާރަށް ގެންދަވާނެ ކަމަށާއި މިހާރު ހުއްޓިފައިވާ ގޭސް ޕްލާންޓްގެ މަސައްކަތްވެސް އަލުން އެމްޑިޕީން ސަރުކާރާއި ހަވާލުވެ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަދަވަޔާއި ވިއްސާރައިގެ ތެރޭގައި ނަމަވެސް އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ވާދޫގެ ރައްޔިތުންނާއި އަދި އެނޫންވެސް ރަށްރަށުން ކިއުވަމުން ގެންދަވާ ހޫނު މަރުޚަބާއަށާއި ދެއްވާ އިޙްލާޞްތެރި، ފުރިހަމަ މެޙްމާންދާރީއަށް ހިތުގެ ފުންމިނުން އިޙްލާޞްތެރި ކަމާއެކު ޝުކުރު އަދާކުރައްވާ ފައެވެ.

މި ޖަލްސާގައި ކޮލަމާފުށިގައި ރާޅާއަޅަން އުޅުނު ކުއްޖެއް ގެއްލި އަދިވެސް އެނާގެ ޚަބަރެއް ނުވާތީ އެ ކުއްޖާގެ ހަނދާނުގައި ސުކޫތެއް ރައީސް ނަޝީދު ގެންނެވިއެވެ.

What do you think?

Name (required) :

Email (required) :

Website :