ރަައީސް މުހައްމަދު ނަޝީދު މިލަދުންމަޑުލު އުތުރުބުރި ނަރުދޫއަށާއި މިލަންދޫއަށް ވަޑައިގަންނަވައިފި

ރަައީސް މުހައްމަދު ނަޝީދު މިލަދުންމަޑުލު އުތުރުބުރި ނަރުދޫއާއި މިލަންދޫއަށް މިއަދު ހެނދުނު ވަޑައިގަންނަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ނަރުދޫއަށް މިއަދު ހެނދުނު ވަޑައިގެންނެވުމުން އެރަށުން އެމަނިކްފާނަށް ވަރަށް ހޫނު މަރުޙަބާއްއް ދެންނެވިއެވެ. އެރަށުގައި ރައީސް ނަޝީދުވަނީ ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އޮޅުން ފިލުވާފައެވެ. އެއައްފަހު ނަރުދޫގައި ކޭބަލް ޓީވީ ނެޓްވޯކެއް އިފްތިތާހް ކޮއްދެއްވިއެވެ. ކޭބަލް ޓީވީ ނެޓްވޯކް އިފްތިތާހް ކޮއްދެއްވަމުން މައުލޫމާތު ދިނުމާއި ލިބިގަތުމާ ގުޅޭގޮތުން ނަރުދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ތަރައްގީވާން އޮތީ މަޢުލޫމާތު ލިބިގެން” ކަމުގައެވެ. އެ ރަށުގެ ކޭބަލް ޓީވީ ނެޓްވޯކް ރައީސް ނަޝީދު ހެކިވެރިއަކަށް ހުންނަވައި ނަރުދޫގެ ރަށު ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ނަރުދޫ ސްކޫލް 2014 ވަނަ އަހަރު މަލްޓިގްރޭޑް ސްކޫލަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ނަރުދޫގެ މަދަނީ ޖަމްއިއްޔާތަކާއި ރައީސް ނަޝީދު ބައްދަލްކުރެއްވިއެވެ. ނަރުދޫގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމެޕޭން ވާރކްޝޮޕް ހިންގަވައިދެއްވައި ނަރުދޫގައި އެމްޑީޕީގެ ދިދައެއް ވެސް ރައީސް ނަޝީދު ނަންގަވައި ދެއްވިއެވެ.

އެއަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ މިލަންދޫއަށެވެ. މިލަންދޫގައި ގެސްޓްހައުސް އެޅުމަށް ރަށު ކައުންސިލުން ނިންމާފައިވާ ސަރަހައްދަށް ރައީސް ނަޝީދު ޒިޔާރަތްކުރެއްވިއެވެ. އަދި އެމްޑީޕީ ކެމްޕޭން އޮފީހާއި ހަރުގެއަށް ވަޑައިގަންނަވާ ބައްލަވާލެއްވިއެވެ. އަދި މިލަންދޫގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ މިއަދު ހަވީރު ރައީސް ނަޝީދު ބައްދަލު ކުރެއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :